ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ އަދި ހުޅުމާލެ) ގައި 2022 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ޤިރާއަތު ސެޓްފިކެޓް 1 ފެށުމަށް

މި އިޢުލާންވަނީ 20 ސެޕްޓެންބަރު 2022 16:28 ގައި ބާތިލް ކުރެވިފައެވެ.


ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު: 

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
  2. ޢުމުރުން 16 އަހަރު ފުރިފައިވުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:      މާލެ - 60 ޖާގަ، ހުޅުމާލެ – 30 ޖާގަ

 

 ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޮކްޓޯބަރ 02 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީ ކާޑު ކޮޕީ އާއެކު [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

މި ކޯހަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮކްޓޯބަރ 2 ން 2022 އޮކްޓޯބަރ 10 އާއި ދެމެދުއެވެ.

20 ސެޕްޓެންބަރު 2022
ހޯދާ