ދިވެހިރާއްޖެ
އިޢުލާން
ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދު (ނަންބަރު: 2012/R-27)ގެ ދަށުން މި އެޖެންސީއިން ހުއްދަ ދޫކުރަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ދަންނަވަމެވެ.
ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދު (ނަންބަރު: 2012/R-27) ގެ ބައެއް މާއްދާތައް ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާތީ، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް އެއް ހުއްދަ (ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން) އެއްގެ ދަށުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅުއްވަމުން ނުގެންދިއުމަށް، ތިމާވެށީގެ ކޮންސަލްޓަންޓުންނަށް މިއެޖެންސީއިން މިހާރުވަނީ އަންގާފައެވެ.
ވީމާ، 23 އޯގަސްޓް 2022 ގެ ފަހުން، އެއް ރަށަށް ވުރެ ގިނަ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް، އެއް އެޕްލިކޭޝަން ފޯމަކުން، އެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއް ތިމާވެށީ މެނޭޖްމަންޓް ޕްލޭންއެއްގެ ގޮތުގައި ނުވަތަ އެއް ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއްގެ ގޮތުގައި ހުށަހަޅުއްވާނަމަ، އެފަދަ އެޕްލިކޭޝަންތައް މިއެޖެންސީއިން ބާތިލްކުރާނެކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އެހެންނަމަވެސް، އެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ނޭދެވޭ އަސަރު ކުޑަ މަޝްރޫޢުތައް ކަމަށް އެ މަޝްރޫޢެއްގެ ތިމާވެށީގެ ކޮންސަލްޓަންޓް ނުވަތަ އެދިޔާރަށް ފެނިއްޖެނަމަ، އެއް ހުއްދައެއްގެ ދަށުން، އެކި ރަށް ހިމެނޭ ގޮތަށް އެ ރަށް ރަށުގައި އެ މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެންމެ އެކަށޭނެގޮތްކަމަށް ފެނިއްޖެ ހިނދެއްގައި، އެއް ހުއްދައެއްގެ ދަށުން އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށްއެދި ހުށައެޅިދާނެއެވެ.
24 ޞަފަރް 1444