މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2022 ވަނަ އަހަރު ދޭން ހަމަޖެހިފައިވާ "ނޫސްވެރިކަމުގެ އެވޯޑް 2021" ހަފްލާއަށް، ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރ: (IUL)219-CS/1/2022/25 (01 ސެޕްޓެންބަރ 2022) ގުޅިގެން ކައުންސިލަށް ލިބިފައިވާ ބިޑްތައް އިވެލުއޭޓް ކުރުމުން، ހުށަހަޅާފައި ހުރި އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގެއްކަމަށް ފާހަގަ ކުރެވުމުން އަލުން އިޢުލާން ކުރަމެވެ.            

އަދި މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ.

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެންބަރ 2022 ވާ ހޯމަ ދުވަހު ހެދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 29 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ.

23   ޞަފަރު  1444  

19 ސެޕްޓެންބަރު 2022
ހޯދާ