ދިވެހިރާއްޖެ
| 
 މަޤާމު:  | 
 ވޭޖް އިމާމް / ވޭޖް މުދިމް  | 
| 
 މަޤާމުގެ ނަންބަރު:  | 
 -  | 
| 
 ބޭނުންވާ އަދަދު:  | 
 01  | 
| 
 މަޤާމުގެ ގިންތި:  | 
 ވޭޖް އުޞޫލުން 1 އަހަރު ދުވަސް  | 
| 
 މަޤާމުގެ ރޭންކު:  | 
 ޖީ އެސް 1، ޖީ އެސް 3  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1 (GS3) / އެސިސްޓެންޓް އޮފިސަރ ގުރޭޑް 1 (GS1)  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 އދ.ދަނގެތީ ކައުންސިލް އިދާރާ - ދަނގެތީ މިސްކިތްތައް (ދަނގެތީ ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި)  | 
| 
 މުސާރަ:  | 
 - އިމާމް (ސަނަދު އޮންނަ) GS3 - މަސައްކަތާއި ގުޅޭދާއިރާއަކުން ސަނަދެއް/ ސެޓްފިކެޓެއް އޮތް ބޭފުޅެއްނަމަ ކުރާކޮންމެ ނަމާދަކަށް 61.00ރ (ފަސްދޮޅަސްއެއްރުފިޔާ) - މުދިމް (ސަނަދުނެތް) GS1 - މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެއްވެސް ސަނަދެއް/ ނުވަތަ ސެޓްފިކެޓެއް ނެތްނަމަ ، ކުރާކޮންމެނަމާދަކަށް 53.00ރ (ފަންސާސްތިންރުފިޔާ)  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ކައުންސިލުން ހަވާލްކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު އިމާމްވެ ކުރުމާއި ކޮންމެނަމާދެއްގެ ވަގުތު ޖެހުމުގެ ކުރިން މިސްކިތައްގޮސް މިސްކިތުގެ ކަންކަންބަލާ ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތުގައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުން . 2- މިސްކިތުގެ ސާފުތާހިރުކަމާއި ، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލާ ސްޕަވައިޒްކޮށް ދިމާވާ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން . 3- މިސްކިތުގެ އެއްވެސްތަނަކަށް ގެއްލުމެއްލިބިފައިވޭތޯ ބެލުމާއި ، މަރާމާތެއް ކުރަންޖެހިފައި ވާތަނެއް ހުރިތޯބެލުމާއި ، ހުރިނަމަ ކަމާއިބެހޭ އިދާރާއަކަށް އެކަންއަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި ، އިދާރާއިން އަންގަވާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން . 4- މިސްކިތުގައި ނަމާދުކުރާމީހުންނަށް އެކަށީގެންވާ މާހައުލެއްޤާއިމްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން 5- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައިހުރިތޯބެލުމާއި ، އެފަދަ ލިޔުންތައް ހުރިނަމަ ކައުންސިލަށް އަންގައިގެން އެކަން ހައްލުކުރުން . 6- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ، އިސްލާމްދީނާއި ، ޤާނޫނާއި ހިލާފު އެއްވެސް ހަރަކާތެއް ހިންގާނަމަ ނުވަތަ ހިންގަން އުޅޭކަން އެގިއްޖެނަމަ ވަގުތުން ކައުންސިލަށް އެކަން އެންގުން . 7- މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގުރާމްތައް ހިންގާނަމަ އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަންދިނުމާއި ، އަދި އެކަމެއްނިމެންދެން މިސްކިތުގައި މަޑުކުރުން . 8- ކައުންސިލުން އަންގަވައިފި ހިނދެއްގައި އިމާމްވެ ކޭތަނަމާދާއި ، އީދުނަމާދާއި ، ހުކުރު ނަމާދާއި ، ކަށުނަމާދު ކުރުން. 9- ކައުންސިލުން އަންގަވައިފި ހިނދެއްގައި މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ އެންމެހާކަންތައްތައް ކުރުމާއި އެހީތެރިވުން 10- މިސްކިތާއިބެހޭބެހޭގޮތުން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ކައުންސިލާއި ހިއްސާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން 11- އުސޫލްތަކާއި އެއްގޮތަށް މިސްކިތް ސާފްކުރުމުގެ އެންމެހާ ކަންތައްތައް ކުރިއަށް ދާކަން ކަށަވަރުކުރުން . ނުދާނަމަ ކައުންސިލަށް އެންގުން . 12 - މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން .  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 
 
  | 
 މުދިމު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިހާނަކުން ފާސްވެފައިވުން، ނުވަތަ؛ - ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން އިމާމު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، - މުދިމުކަމުގެ ސަނަނދު ލިބިފައިވުން، ނުވަތަ؛ - ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛ - ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 ނޯޓް: ޖީއެސް 1 އިން އެމް.އެސް 1 ގެ މަގާމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މަރކްސްގެ ޖުމުލަ %25 (ފަންސަވީސް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (21 ސެޕްޓެމްބަރ 2022) ގެ (13:00) ގެ ކުރިން، (ދަނގެތީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ސެޕްޓެމްބަރ 2022 އިން 22 ސެޕްޓެމްބަރ 2022 އާއި ދެމެދު، ދަނގެތީ ކައުންސިލް އިދާރާ ގައެވެ.  | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680888 އަށެވެ. އީ-މެއިލްކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
|
