މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށް ވޭޖު އުޞޫލުން މުވައްޒަފުން ނެގުން:

މަޤާމް:

ސްޕަވައިޒަރ

ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް) ސްޕަވައިޒަރ

20 (ވިހި) ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ގިންތި

ވަގުތީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ (ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން)

މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ:

ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފަތާއެއްގެ 5 ދުވަހު ( އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، ބުރާސްފަތި ) ދުވަހު ކައުންސިލުން ކަނޑައަޅާ ސަރަޙައްދުތަކެވެ.

ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކޮށް ނިމެންދެން މިހާލަތުގައި ކުރާމަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ ( ބ ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ.

ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބެލެހެއްޓުން.

 

ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:

 

ނޯޓް: މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރަށުގައި ކުނިކަހާ ސާފުކުރުމަށް ކަނޑައެޅިފައިވާ އިޖުތިމާޢީ ސަރަޙައްދުތައް ދައްކުވައިދޭ ޗާޓް މި އިޢުލާނާއެކު ޢާއްމުކޮށްފައިވާނެ ކަމުގައި ދެންނެވީމެވެ.

 

#

މަޤާމު

ދުވަހުއުޖޫރަ

އެލަވަންސް

01

ސުޕަވައިޒަރު (ކުނިކަހަން ނިކުންނަ ކޮންމެ ދުވަހަކަށް)

-/90 ރ

-/20 ރ

02

މަސައްކަތު މީހާ (ކުނިކަހަން ނިކުންނަ ކޮންމެ ދުވަހަކަށް)

-/90 ރ

=

 

ސުޕަވައިޒަރުގެ މަސްޢޫލިއްޔަތު:

ހ- އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މަޢުލޫމާތު ކަމާއިގުޅޭ ޔުނިޓަށް ކޮންމެ ހަފުތާއަކުވެސް ހިއްސާ ކުރަމުން ގެންދިއުން.

ށ- ކުނިކެހުމުގެ މަސައްކަތައް މި ކައުންސިލުން ނަގާފައިވާ ފަރާތްތަކުގެ ދުވަހު ޙާޒިރީ ތައްޔާރު ކުރުމާއި، ބެލެހެއްޓުން.

ނ- ކުނިކަހާ ސާފުކޮށްބެލެހެއްޓުމަށް މުލަކު ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުތައް ކައުންސިލުން ތާވަލު ކުރެވިފައިވާގޮތައް ކުނިކެހުމުގެ މަސައްކަތައް ނަގާފައިވާ މީހުންލައްވާ ކުނިކަހާ ސާފުކުރުވުން.

ބ- ކުނިކަހާސަރަހައްދުތަކުން ނަގާކުނިތައް ( ކައުންސިލުން ކަނޑައަޅާ ތަނަކަށް) އުކާލުމުގެ އިންތިޒާމުތައް ހަމަޖައްސާ އެކަން ކުރުމާއި، ކުރުވުން. ( ކުނިކަހާފައިނަގާ ކުނިތައް ކުނިއަޅަން ޚާއްޞަކުރެވިފައިވާ ތަންތަން ފިޔަވާ އެހެންތަނަކަށް އަޅައިގެން ނުވާނެއެވެ.)

ޅ- ކުނިކެހުމުގެ މަސައްކަތައް ބޭނުންވާ ތަކެތި ކައުންސިލް އިދާރާއިން ހޯދުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ކ- ކުނި އުކާލުމުގައި ބޭނުންކުރާނީ ކައުންސިލްގެ ރަށު ޕިކަޕެވެ. ނަމަވެސް ރަށު ޕިކަޕަށް މައްސަލައެއް ދިމާވެ ދަތުރުކުރެވޭގޮތް ނުވެއްޖެނަމަ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެދުވަހެއްގެ ކުނި އެދުވަހަކު އުކާލަންވާނެއެވެ.

އ- ސުޕަވައިޒަރަށް ޚާއްޞަ ކުރެވިފައިވާ މަސައްކަތުގެ އިތުރަށް ކުނިކަހާ މީހުންނެކޭ އެއްފަދައިން ކުނިކެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

ކައުންސިލު އެސިސްޓެންޓުގެ މައިގަނޑު މަސްއޫލިއްޔަތުތައް

ހ- ސުޕަވައިޒަރު އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.

ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު އަންގާ ގޮތަކަށް ކޮށާ އުކާލުން.

ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް

ހ- ކަނޑައެޅިފައިވާ ޢަދަދަށްވުރެ ކުރިމަތިލީ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ މީހުން ހޮވާނީ ގުރުއަތުންނެވެ.

1-      އުމުރުން 65 އަހަރާއި 15 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުދިންނަމަ ބެލެނިވެރިޔާގެ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް އޮތުން)

2-      ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

3-      ކައުންސިލުން ކަނޑައަޅާ ދުވަސްތަކެއްގައި ކުނިކެހުމުގެ މަސައްކަތުގައި އުޅުމަށް ހުރަސްއެޅޭފަދަ އިތުރު ވަޒީފާއެއްގައި އުޅޭ މީހަކަށް ނުވުން.

4-      ސުޕަވައިޒަރުގެ ގޮތުގައި ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން އެއްގަމު އުޅަދު ދުއްވުމުގެ ލައިސަންސް ( ސީ 3 ނުވަތަ ސީ 4 ގެ ލައިސް) އޮންނަ ފަރާތެއްކަމުގައިވުން.

 ށ- މުލަކުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތައް ނަގަން ހަމޖެހިފައިވަނީ 1 ސުޕަވައިޒަރެއްގެ އިތުރަށް  20 މަސައްކަތު މީހުންނެވެ.

ނ- ސުޕަވައިޒަރުގެ މަސްއޫލިއްޔަތާއި ހަވާލުވެފައިވާ ފަރާތް މަސައްކަތައް ނުނިކުމެވޭފަދަ ހާލަތެއް ދިމާވެއްޖެނަމަ އެ މަސްއޫލިއްތެއް ހަވާލުކުރާނީ މަސައްކަތައް ނުކުތް މީހުންގެ ތެރެއިންމީހަކާއެވެ. މިކަންކުރާނީ ކުނިކެހުމުގެ މަސައްކަތް ހިންގާ ބަލަހައްޓާ ޔުނިޓުންނެވެ. މި ހާލަތުގައި ސުޕަވައިޒަރުގެ މައްސޫލިއްޔަތު އަދާކުރާތީ ދެވޭ އެލަވަންސުގެ ގޮތުގައި ދުވާލަކަށް -/20  (ވިހި) ރުފިޔާގެ އެލަވަންސެއް އެފަރާތަކަށް ދެވޭނެއެވެ. 

 

ނޯޓް: މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދެ ޖިންސަށްވެސް އޮންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ސެޕްޓޭމްބަރ 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިއިދާރާގެ ވެބްސައިޓުން http://mulah.gov.mv/Uploads/Downloads/1663584527.pdf   ނާއި، މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ އެވެ.) 

19 ސެޕްޓެންބަރު 2022
ހޯދާ