މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމާއި ގުޅޭ.

ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމާއި ގުޅޭ.

މި މިނިސްޓްރީގެ ނަންބަރު i(IUL) 88-PS/88/2022/51 (02 ޖޫން 2022) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ގަވާއިދު ނަންބަރު: 125-އާރ/2022 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ހ) ދަށުން، ޙަވާލާދީފައިވާ އިޢުލާނާއެކު ޝާޢިއުކުރެވިފައިވާ ކްރޮސް ސަބްސިޑީ އުސޫލުން ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމަށް އެކުލަވާލާފައިވާ މިންގަނޑު އިސްލާޙުކޮށް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގެ މިންގަނޑަކީ އެ ސަރަޙައްދަކުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރާއިރު ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ މިންވަރު ހިސާބުކުރުމުގެ މިންގަނޑެވެ. އަދި އެ ސަރަޙައްދެއްގައި ހިމެނޭ އެކިއެކި ރަށްރަށް ނުވަތަ ބިން ނުވަތަ ފަޅުތަކަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓްގެ މިންވަރު ނިންމާނީ އިސްވެދެންނެވުނު މިންގަނޑުން ހިސާބުކުރުމުން ޖެހޭ މިންވަރަށްވުރެ މަދު ނުވާގޮތަށް އެ ރަށެއް/ބިމެއް/ފަޅެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތަކާއެކު ކުރެވޭ ނެގޯސިއޭޝަންތަކުގެ ތެރެއިންނެވެ.

19 ސެޕްޓެންބަރު 2022
ހޯދާ