ދިވެހިރާއްޖެ
ހދ އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރު ކުރެވުނު ނަންބަރ 2022/11 (29 މެއި 2022) އިޢުލާން ބާޠިލްކޮށް، އަލުން ހދ. އަތޮޅު ސްޓޭޓް ހައުސް މަރާމާތު ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ސުންގަޑި / ތަން |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
20 ސެޕްޓެންބަރު 2022 އިން 02 އޮކްޓޫބަރު 2022 ނިޔަލަށް |
02 އޮކްޓޫބަރު 2022 ގެ 14:00 ކުރިން، އޮންލައިންކޮށް |
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
29 ސެޕްޓެންބަރު 2022 |
11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
ބީލަންތައް ހުޅުވުން |
12 އޮކްޓޫބަރު 2022 |
11:00 ހދ އަތޮޅު ކައުންސިލް މީޓިންރޫމް |
1. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
2. ބީލަމުގައި ބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
3. މި ބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6521646 ، 6521643
އީމެއިލް: [email protected]