ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ޤަބުރުސްތާނު ސާފުކުރުމާބެހޭ

  މިރަށު ޤަބުރުސްތާނުގައި ވިނަ އާއި ގަސް ފަޅާފައިވާތީ، ގަސް އުފުރާ ވިނަ ނޮޅާނޭ ފަރާތެއް ބޭނުންވެއެވެ. 

  ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2022 (ބުރާސްފަތި) ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު 28 ސެޕްޓެމްބަރ 2022 (ބުދަ) ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކަށް ވެސް އަންދާސީ ހިސާބު ހުށައެޅިދާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ  ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

  އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަން ވާނެއެވެ.

  ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

19 ސެޕްޓެންބަރު 2022
ހޯދާ