ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ އެކި ހަރަކާތްތަކުގެ ޕޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް)
މި ހޮސްޕިޓަލުގެ އެކި ހަރަކާތްތަކުގެ ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް ކޯޓޭޝަން ފޮނުއްވުން އެދެމެވެ.
މުހިންމު މައުލޫމާތު:
- 2023 ވަނަ އަހަރުގެ ނިޔަލަށް ހޮސްޕިޓަލުގެ އެކިއެކި ހަރަކާތްތަކުގައި ފޮޓޯ ނެގުން.
- ޝެޝަން އެއްގެ ދިގުމިނަކީ 1 ގަޑިއިރު.
- ކޯޓޭޝަންގައި ހިމަނާނީ ޝެޝަނަކަށް ހުށަހަޅާ އަގެވެ.
މަތީގައި ދެންނެވިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6800794 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
19 ސެޕްޓެންބަރު 2022
ހޯދާ