ދިވެހިރާއްޖެ
ނަންބަރ : NAM/IUL/2022/03
23 ވަނަ އިންޓަރސްކޫލް ނެޓްބޯލް މުބާރާތް (މާލެ ޒޯން)
މިއެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ޒޯން އިންޓަރސްކޫލް މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން މުބާރާތުގައި ބައިވެރިވުމުގެ ފޯރމް މިއެސޯސިއޭޝަންގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް، ގަވާއިދާއި ޓީމުލިސްޓު ހުށަހަޅާ ފޯރމް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00 އަށް މިއެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ.
ޒޯން |
ރަށް |
މުބާރާތުގެ ތާރީޚް |
ބައިވެރިވުމުގެ ސުންގަޑި |
ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި |
މާލެ ޒޯން |
މާލެ |
20 -31 އޮކްޓޯބަރ |
26 ސެޕްޓެމްބަރ 13:00 |
6 އޮކްޓޯބަރ 13:00 |
މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ކަނޑައެޅުމުގައި ބަލާފައިވާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އެކްސްޓްރާ ކަރިކިއުލަރ އަދި ކޯކަރިކިއުލަރ ހަރަކާތްތައް ހިންގުމުގެ އުސޫލްގައި ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށެވެ.
13 އަހަރުންދަށް |
ގްރޭޑް 5 އާއި 6 |
15 އަހަރުންދަށް |
ގްރޭޑް 7 އާއި 8 |
17 އަހަރުންދަށް |
ގްރޭޑް 9 އާއި 10 |
19 އަހަރުންދަށް |
ގްރޭޑް 11 އާއި 12 |
މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7611112 އަށް ގުޅުއްވުން އެދެމެވެ.