އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބާއްވާ އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހު ބާއްވާ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފުރުޞަތު ހުޅުވާލީމެވެ.

ވީމާ، މި އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންނާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކުން 28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ހިމެނޭގޮތަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

ކެންޑިޑޭޓްގެ ބަދަލުގައި ތަމްސީލުކުރައްވާ ބޭފުޅެއްނަމަ:

  1. ކެންޑިޑޭޓްގެ ނަމާއި ނަންބަރު
  2. ތަމްސީލުކުރައްވާ ބޭފުޅެއްގެ ނަމާއި އައި.ޑީ.ކާޑު ނަންބަރު
  3. ތަމްސީލުކުރައްވާ ބޭފުޅާ އޮބްޒާވްކުރަން އެދޭ ތަން

މީޑިޔާގެ ފަރާތުން ތަމްސީލުކުރައްވާ ބޭފުޅެއްނަމަ:

  1. ތަމްސީލުކުރައްވާ މީޑިޔާގެ އެޖެންޓްގެ ނަމާއި އައި.ޑީ.ކާޑުގެ ނަންބަރު (މީޑިޔާގެ ރަސްމީ ލެޓަރހެޑްގައި)
  2. އޮބްޒާވްކުރަން އެދޭ މަރުކަޒުތައް

02 މުޙައްރަމް  1436

26 އޮކްޓޫބަރު 2014
ހޯދާ