ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު
|
ނަންބަރު: (IUL)195-C/1/2022/23
|
ތާރީޚް: 19 ސެޕްޓެންބަރު 2022
|
ބޭނުންވާ ޢަދަދު
|
ބޭނުންވާ މަޤާމު
|
ބޭނުންވާ މެޖިސްޓްރޭޓްކޯޓް
|
1
|
އިސްމެޖިސްޓްރޭޓް
|
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު
|
1
|
އިސްމެޖިސްޓްރޭޓް
|
ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓު
|
1
|
މެޖިސްޓްރޭޓް
|
ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު
|
1
|
އިސްމެޖިސްޓްރޭޓް
|
ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު
|
1
|
އިސްމެޖިސްޓްރޭޓް
|
ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓު
|
މުސާރައާއި ޢިނާޔަތް
|
|
މެޖިސްޓްރޭޓް
|
އިސް މެޖިސްޓްރޭޓް
|
އަސާސީ މުސާރަ
|
21,000.00 ރުފިޔާ
|
21,000.00 ރުފިޔާ
|
ލިވިންގ އެލަވަންސް
|
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
ފޯނު އެލަވަންސް
|
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
މެޑިކަލް އިންޝުއަރެންސް
|
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ލިބިދެވޭނެއެވެ.
|
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
|
އަޚްލާޤާއި ސުލޫކު
|
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
- ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން
|
ޢުމުރު
|
ޢުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
|
ތަޢުލީމާއި ތަޖުރިބާ
|
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި ނުވަތަ ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން؛
|
ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު
ހުށަހަޅަންޖެހޭ ތަކެތި
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ވަނަވަރު
- ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް
- ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
- ޤާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް
- ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
- ޤާނޫނީ ދާއިރާގެ އަންޑަގްރެޖުއޭޓް ނުވަތަ އެއަށްވުރެ މަތީ ކޯސްތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ މުއްދަތާއި މަހަކު ނަގައިދެނީ ކިތައް ގަޑިއިރުކަން އެގޭނެ ލިޔުން
- ސެމިނަރ، ވޯރކްޝޮޕް ތަކުގައި ޤާނޫނީ ދާއިރާއާއި ގުޅުންހުރި ޕޭޕަރު ލިޔެ ހުށަހަޅާފައިވާނަމަ އެކަމާގުޅޭ ލިޔުން
- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ފަނޑިޔާރުކަމުގެ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ނެތްކަމުގެ އިގްރާރު.
- ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ، އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
- ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
- ލޯ ފަރމެއްގެ ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެގޭނެ ލިޔުން
- ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެ މީހަކު އެ ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަންކޮށްފިނަމަ، ގަވާއިދު ނަންބަރު 2011/R-18 (ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ހުރިނަމަ ހުރިކަން ނުވަތަ ނެތްނަމަ ނެތްކަން އެނގޭނެ ލިޔުން )ގަވާއިދު ނަންބަރު 2011/R-18 (ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) http://www.judiciary.gov.mv ވެބްސައިޓުން ލިބޭނެއެވެ.(
ނޯޓް:
ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
|
ސުންގަޑި
|
03 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުމުން ފޯމް ބަލައިގަންނާނެއެވެ.
|
ޤަވާއިދު
|
މި އިޢުލާނުގައިވާ ފަނޑިޔާރުކަމުގެ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަނުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
އިތުރުމަޢުލޫމާތު
|
- ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި އިޢުލާނުގައި ބުނެފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.
|
|
- މަޢުލޫމާތު ސާފުކުރައްވަން ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ފަނޑިޔާރުކަމަށް އެދޭ ފޯމާއި އިގްރާރު ފޯމް އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
|