ދިވެހިރާއްޖެ
|
އިޢުލާން |
|||
|
ނޭޝަނަލް ޑްރަގް އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އައި.ޓީ އައިޓަމްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ IUL)434-PRC/434/2022/276) އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރުން
މި އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި، އައި.ޓީ އައިޓަމްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ގެޒެޓް ކޮށްފައިވާ ނަންބަރު: IUL)434-PRC/434/2022/276) އިޢުލާނުގައި އައި.ޓީ އައިޓަމް އާއި ފަރުނީޗަރު ހޯދުމަށް ހުށަހެޅިފައިވަނީ 1 ޖަދުވަލު ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މި އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި، އައިޓީ އައިޓަމްތައް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 18 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 25 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އަދި ޖަދުވަލުތަކަށް އަގު ހުށަހަޅާ ލިސްޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
|
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުން |
26 ސެޕްޓެމްބަރ 2022 (ހޯމަ) |
11:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ) |
