މަޤާމް:
|
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ޤިންތި:
|
ދާއިމީ
|
މުސާރައިގެ ރޭންކް:
|
އެސިސްޓެންޓް ސިވިލް އޮފިސަރ (ސީ 2)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް
|
މުސާރަ:
|
މަހަކު -/5,400 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/3,500ރުފޔާ
|
ނޮން ޕްރެކްޓިސް އެލަވަންސް:
|
މަހަކު -/2,430ރުފޔާ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ހެޑް އޮފީސް / ޕޮލިސީ، ޕްލޭނިންގ އެންޑް މޮނިޓަރިންގ ސެކްޝަން
|
ފެންވަރު ނުވަތަ ޝަރުތު:
|
މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމުގެ އިތުރުން ސާނަވީ އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
- ސާނަވީ އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' މި ދެމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން،
- އޯލެވެލް ނުވަތަ އޭލެވަލް އިމްތިޙާނުގައި 'އިނގިރޭސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އިނގިރޭސި ލިޓްރެސީ ކޯހަކުން ފާސްވެފައިވުން
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- މި ސަރވިސްގެ އެނުއަލް އެކްޓިވިޓީ ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ޖަލުތަކުން ހޯދުމާއި ޕްލޭން އެކުލަވާލުން؛
- އެކްޓިވިޓީ ޕްލޭންގެ މަސައްކަތްކުރިއަށްދާ ގޮތުގެ މަޢުލޫމާތު ހޯދުމާއި ޕްރޮގްރެސް އަދާހަމަކުރުން؛
- މި ސަރވިސްގެ މަސައްކަތާއި ގުޅޭ ގޮތުން ހަދަންޖެހޭ އެކިއެކި ދިރާސާތަކަށް ބޭނުންވާ ތަފާސް ހިސާބުތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
- ޖަލުތަކާއި ގުޅޭ ގޮތުން އެކިއެކި މުއައްސަސާތަކުން ނެރޭ ރިޕޯޓްތަކުގައި ހިމެނޭ ހުށަހެޅުންތަކާއި އެއްގޮތަށް އެކަންކަން އިޞްލާޙްކުރޭތޯ ބަލާ މޮނިޓަރކުރުމާއި އެކަންކަމުގެ މައުލޫމާތު ހިމެނޭ ލިޔެކިއުން ބެލެހެއްޓުން.
- ޖަލު މޮނިޓަރކުރުމަށް އައްޔަންކުރާ ވަރކިންގ ގްރޫޕްގެ ދަތުރު ހަމަޖެއްސުމާއި، މަސައްކަތް ރޭވުމާއި، ރިޕޯޓް ތައްޔާރުކުރުން.
- އެމް.ސީ.އެސްގެ އިންޓާރނަލް ބޯޑުތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް އިޞްލާޙްކުރެވޭ މިންވަރު މޮނިޓަރކޮށް ރެކޯޑް ބެލެހެއްޓުން.
- ޖަލުތަކުގެ ކަންކަން ހިނގަންޖެހޭ ބައިނަލް އަގުވާމީ ސްޓޭންޑަރޑްތަކަށް އަހުލުވެރިވުމާއި، އެމިންގަނޑުތަކާއި އެއްގޮތަށް މަސައްކަތް ހިނގާތޯ ބަލާ މޮނިޓަރކުރުން.
- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔަން ޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ސިޓީ އަދި މެއިލްތައް ޖަވާބު ދިނުން
- ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.
- އަދި މީގެ އިތުރުންވެސް ސެކްޝަންގެ މަސައްކަތްތައްކުރުމާއި، އެމްސީއެސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
|
މަޤާމާއި ގުޅޭ ދާއިރާ:
|
ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ޕްލޭނިންގ، ޤާނޫނީ ދާއިރާ، ރިސަރޗް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
|
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ޕްލޭނިންގ / ސޯޝަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ރިސަރޗް / ޕްރޮޖެކްޓް މެނޭޖްމަންޓް / ޤާނޫނީ ދާއިރާ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
- ތައުލީމް ޝަރުތު (ސާޅިސް ފަސް ޕަސެންޓް)
- ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފައިވާ ތަޢުލީމް (ފަސް ޕަސެންޓް)
- މަސައްކަތު ތަޖުރިބާ (ދިހަ ޕަސެންޓް)
- އެސެސްމަންޓް (ދިހަ ޕަސެންޓް)
- މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހު 15:00 ގެ ނިޔަލަށް
[email protected] ނުވަތަ [email protected]
އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
- މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ސެޕްޓެމްބަރ 25 އާއި 30 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި މި ސަރވިސްއިންނެވެ.
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.
|
(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.)
|