ދިވެހިރާއްޖެ
މި ކޮމިޝަނުން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. |
|
މަގާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް |
ޖީ.އެސް 3 |
ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން / ޑިޕާޓްމަންޓް |
ޖުޑީޝަލް ހިއުމަން ރިސޯސަސް އެންޑް ޖުޑީޝަލް ސަރވިސް ޑިޕާޓްމަންޓް |
ބޭނުންވާ އަދަދު |
1 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
އަސާސީ މުސާރަ |
-/6,611 ރުފިޔާ |
އެލަވަންސާއި އިތުރު ގަޑި |
- ލިވިންގ އެލަވަންސް :-/3,000 ރުފިޔާ - ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %50): 3,305/50 ރުފިޔާ - ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/100 ރުފިޔާ އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ. |
އަސާސީ ޝަރުޠު |
1- އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ، 2- އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ، 3- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު: |
1- ސެކްޝަން އީމެއިލް ގަވާއިދުން ޗެކްކޮށް އެންޓްރީއަށް ފޮނުވަންޖެހޭ މެއިލްތައް އެންޓްރީއަށް ފޮނުވުމާއި އަދި މެއިލްތަކުގެ އަޕްޑޭޓް ސެކްޝަންގެ ވެރިއަކަށް ނުވަތަ އެ ޒިންމާއާ ހަވާލުވެ ހުންނަ ފަރާތަކަށް ދުވަހުން ދުވަހަށް ދިނުން 2- ޖެމްސް އިން ސެކްޝަނަށް ލިބޭ އެންޓްރީތަކުގެ ލިސްޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އަދި އެ އެންޓްރީތައް ސޭވްކުރަންޖެހޭ ފޯލްޑަރތަކަށް ސޭވްކުރުން 3- ޖެމްސް މެދުވެރިކޮށް އަންނަ ތަކެތި އެންޓްރީކޮށް ސުޕަރވައިޒަރ އަންގަވާ ގޮތެއްގެމަތިން ފިޔަވަޅު އަޅައި، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވުން. 4- ދުވަހު ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނުން ކަނޑައަޅަފައިވާ ގޮތަކަށް ދުވަހުންދުވަހަށް ދެމުން ގެންދިއުން 5- ކޯޓުތައް ހިންގުން އެ ޖުޑީޝަލް ދާއިރާގެ އެކިއެކި ފަނޑިޔާރުންނާއި ހަވާލުކޮށް ފޮނުވާ މައުލޫމާތު ކަނޑައަޅާފައިވާ ފޯމެޓްގައި އަޕްޑޭޓްކޮށް ބެލެހެއްޓުން 6- އިސްފަނޑިޔާރުން ތަނާޒުލްވެ އެހެން ފަނޑިޔާރަކާއި ހަވާލުކޮށްދިނުމަށް އެދޭ މައްސަލަތަކަށް ޖަވާބުދީ އެ ރެކޯޑުތައް ބަލަހައްޓައި ފައިލްކުރުން 7- ފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކޮށް ފޮނުވާ މަޢުލޫމާތާއި އިސްފަނޑިޔާރުން ތަނާޒުލްވުމުން އެހެން ފަނޑިޔާރަކާއި ހަވާލުކުރާ މައްސަލަތަކުގެ މަޢުލޫމާތު ކަނޑައަޅާފައިވާ އުސޫލުން އަޕްޑޭޓްކޮށް ބެލެހެއްޓުން 8- ދާއިރާ ހުސްވާ ޙާލަތުގައި ދާއިރާ ޙަވާލުކުރުމުގެ ގޮތުން ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރުން. 9- އަލަށް ޢައްޔަންކުރާ ފަނޑިޔާރުންގެ ރެކޯޑްފައިލްތައް ޢައްޔަންކުރުމުގެ ޕްރޮސެސްގައި އިސްވެ ކުރާ މުވައްޒަފެއްގެ ލަފާގެ މަތީން ފައިލް ހަދާ ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން 10- ސެކްޝަންގެ މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން 11- ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް އަޕްޑޭޓް ކުރުން 12- ފަނޑިޔާރުންގެ ރިޓަޔަރމެންޓް ޕެންޝަނާ ގުޅޭ އެންމެހާ އިދާރީ މަސައްކަތް ކުރުމާއި ރެކޯޑް ބެލެހެއްޓުން 13- ފަނޑިޔާރުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުމާއި ޕެންޝަނާބެހޭ އެންމެހާ ޗިޓް، ސަރކިއުލަރ އެ މަސައްކަތައް އިސްވެކުރާ މުވައްޒަފުންގެ ލަފައާ އެކު ހަދައި ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުމާއި އެކަންކަމާގުޅޭ އެންމެހާ ރެކޯޑުތައް ބެލެހެއްޓުން. 14- ފަނޑިޔާރުންގެ ވަޒީފާއާގުޅޭ އެންމެހާ ރެކޯޑުތައް ޤަވާއިދުން ހިއުމަން ރިސޯސް ސިސްޓަމަށް އެޅުމާއި ރެކޯޑްތައް އަޕްޑޭޓް ކުރުން 15- ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން. 16- ސެކްޝަނުގެ މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ޚާއްސަ ހާލަތެއްގެ ސަބަބުން ސެކްޝަނުން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އިދާރީ މަސައްކަތްތައް ކުރުން 17- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން. 18- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން
|
މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
|
ސުންގަޑި |
28 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. |