މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

`

                      

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

  (IUL)313-MI/313/2022/91 : ނަންބަރު 

އިޢުލާން  

އައުޓްޑޯ ޖިމްޤާއިމް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 ބީލަން ހުށަހެޅުމުގެ ދައުވަތު 

       މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ ކުރެހުމާއި އެއްގޮތަށް ޖިމް އިކުއިޕްމަންޓްސް ބަހައްޓާތަންތަން ކޮންކުރިޓްކުރުމާއި ޖިމް އިކުއިޕްމަންޓްސް ބަހައްޓާ ސަރަހައްދުގެ ވޯކްވޭ ހަދާ ގައު އަތުރާދޭނެ ފަރާތެއް ހޯދުމަށް ނަންބަރު (IUL)313-MI/313/2022/88  އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން25  ސެޕްޓެންބަރ 2022 ވާ އަންގާރާ ދުވަހުގެ 10:00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

2022 ސެޕްޓެންބަރ 18 އިން 2022 ސެޕްޓެންބަރ  25ވަނަ ދުވަހުގެ 10:00 އަށް،

ޕްރީ ބިޑް މީޓިންގ:

2022 ސެޕްޓެންބަރ 25 ވަނަދުވަހުގެ  10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

ބިލާން ހުށަހެޅުމާއި، ހުޅުވުން:

2022 އޮކްޓޫބަރ  02ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

 

               

 

 

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،  އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :   4000079

އީމެއިލް  : [email protected]

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            22  ޞަފަރު    1444

            18  ސެޕްޓެންބަރ  2022

18 ސެޕްޓެންބަރު 2022
ހޯދާ