ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޔަންމާސެންޓަރ ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ކުރިން ކައުންސިލްއަށް ދުރުވެ ނުވަތަ ކައުންސިލް އިދާރާގެ ފޯނު ނަމްބަރ 6760522 އަށް ގުޅައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ނީލަމުގައި ބައިވެރި ވެވޭނީ ހަމައެކަނި ރަޖިސްޓްރީ ވެފައިވާ ފަރާތް ތަކަށްކަމުގައި ދަންނަވަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. ނީލަން ކިޔުން އޮންނާނީ ޔަންމާސެންޓަރ ހުރި ސަރަހައްދުގައެވެ.
ނީލަން ފެށޭ އަގަކީ 2000.00 (ދެހާސް ރުފިޔާ) އެވެ. އަދި އިތުރު ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ތަކެތި ނަންގަވާނި ކައުންސިލްއަށް ދުރުވެ ފައިސާ ދެއްކުމަށްފަހުގައި ކަމުގައި ދަންނަވަމެވެ. ނީލަމުން ތަން ނެންގެވުމަށްފަހު 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ. އަދި ފައިސާ ދައްކާ ތާރީޚުން ފެށިގެން 25 ދުވަހުގެ ތެރޭގައި ތަނުގައިހުރި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަނުގައި ނުގެންގޮސްހުރި ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.