ދިވެހިރާއްޖެ
ބާމަދަރުސާގެ މަތިވަޑާންގަނޑު ނީލަން ކިޔުން 23 ސެޕްޓެމްބަރު 2022 ވާ ހުކުރު ދުވަހު ހެނދުނު 10:00 ގައި ބާމަދަރުސާގައި އޮންނާނެއެވެ. ވީމާ މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން ދެންނެވުނު ގަޑިއަށް ބާމަދަރުސާ އަށް ދުރުވެ ދެއްވުން އެދެމެވެ.
ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދުރުވެ ނުވަތަ ކައުންސިލް އިދާރާގެ ފޯނު ނަމްބަރ 6760522 އަށް ގުޅައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ނީލަމުގައި ބައިވެރި ވެވޭނީ ހަމައެކަނި ރަޖިސްޓްރީ ވެފައިވާ ފަރާތް ތަކަށްކަމުގައި ދަންނަވަމެވެ.
މިނީލަމުން ތަން ނެންގެވުމަށް ފަހު ފައިސާ ދައްކާނީ 25 ސެޕްޓެމްބަރު 2022 ވާ އަދިއްތަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ނީލަމުން ތަން ނަގާ ފަރާތުން ދެންނެވިފައިވާ ތާރީޚްގެ ( 25 ސެޕްޓެމްބަރު 2022 ) ކުރިން ފައިސާ ނުދައްކައި ތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ. ނީލަމުން ތަން ނެންގެވުމަށް ފަހު ފައިސާ ދައްކާ ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި ތަނުގައިހުރި ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. މިމުއްދަތު ނިމޭއިރު އެސަރަހައްދުން ނުގެންދަވާ ތަކެއްޗަކީ ބޭނުން ނެތިގެން ބަހައްޓާފައިވާ ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.
އަދި ދަންނަވަމެވެ. ނީލަން ކިޔުމުގެ ކުރިން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވުމަށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބައްލަވާލެއްވުމުގެ ފުރުސަތު 2022 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ މެންދުރުފަހު 14.15 އިން 15.00 އަށް ބާމަދަރުސާގައި އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.
ނީލަން ފެށޭ އަގަކީ 500.00ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. އަދި އިތުރު ކުރެވޭނެ އެންމެ ކުޑަ މިނަވަރަކީ 100.00ރ (އެއްސަތޭކަ ރުފިޔާ) އެވެ. ވީމާ މިކަން ޢާއްމުކޮށް އަންގައި ޢިއުލާނު ކުރީމެވެ.