ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
8 ރުއް ނީލަން ކިޔުން

ތިރީގައިމިވާ ރުއްތަކަކަކީ އެސަރަޙައްދުގައި ހުރި ގެތަކަށް ދަތިވާގޮތަށްހުރި ރުއްތަކެއް ކަމަށްވަތީ ރުއްތައް ކެނޑުމަށް ޓަކައި ވެރިންނަށް ބަދަލު ދިނުމަށް އެތައް ފަހަރެއްގެ މަތިން ވެރިން ހޯދަން އިޢުލާން ކުރެވިފައިވާ ރުއްތަކެކެވެ. ނަމަވެސް ބައެއް ރުއްތަކުގެ ވެރިން މި އަދާހަމައަށްވެސް އެނގިފައިނުވާތީ ބަދަލު ނުދެވި ހުރުމުގެ ސަބަބުން ރުއްތައް  ކެނޑޭގޮތްވަނީ ނުވެފައެވެ. އެ ރުއްތަކުން ގެތަކަށް ގެއްލުން ތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ކޮންމެ ދުވަހަކުހެން މި އިދާރާއަށް ދަނީ ލިބެމުންނެވެ. އެހެންކަމުން ރުއްތައް ނީލަން ކިޔުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ނީލަމުން ނަގާ ރުކަށް 3 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށްފަހު 7 ދުވަސްތެރޭގައި ރުއް ކަނޑައި ތަން ސާފުކުރަންވާނެއެވެ.

                   މި ރުއްތައް ނީލަން ކިޔުން އޮންނާނީ 26 ސެޕްޓެމްބަރު 2022 ވާ ހޯމަ ދުވަހު 10:00 ގައި ރުއްތައް ހުރި ސަރަޙައްދުގައެވެ. ފާހަގަ ޖަހާފައިވާ ރުއްތަކުގެ ވެރިން މި މުއްދަތުގެ ކުރިން އެމަޢުލޫމާތު މި އިދާރާއަށް ހިއްސާ ކޮށްދެއްވައި ބަދަލުގެ ފައިސާ ކަންކަން ހަމަޖެއްސެވުމަށް އަންގަމެވެ.

 

ރުއްތައް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ނަންބަރު

  • މޯނިންގުރޯވް ގޯތީގެ ހުޅަނގުފަރާތް (ގޯއްޗަށް ދަތިވާ ރުއް)

ރަތް ކުލައިގެ ދަވާދުން 5 އަދި 6 ނަންބަރު

  • ބީޗްހެވަން ގޯތީގެ ހުޅަނގުފަރާތް (ގޯއްޗަށް ދަތިވާ ރުއް)

ރަތް ކުލައިގެ ދަވާދުން 7،8،9،10 ނަންބަރު

  • މިރިހިމާގެ ގޯތީގެ ހުޅަނގުފަރާތް (ގޯއްޗަށް ދަތިވާ ރުއް)

ރަތް ކުލައިގެ ދަވާދުން 11 އަދި 12 ނަންބަރު

                  

                 މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

18 ސެޕްޓެންބަރު 2022
ހޯދާ