ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އީ. އެކްސް 3)

ރޭންކް: EX3

މުސާރަ

މަހަކު -/11,065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން  

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ޕްރިވެންޝަން އެންޑް ޓްރީޓްމަންޓް މެނޭޖްމަންޓް ޑިވިޜަން)

ތަޢުލީމާއި ތަޖުރިބާ

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

3- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

4- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 2 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް އެމް.އެސް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑިވިޜަންގެ ކްލިނިކަލް ޚިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވައި ހިންގުމާއި، ޑިވިޜަންގެ ދަށުން ހިނގާ ސެންޓަރުތަކާއި ސެކްޝަންތަކަށް ހޯދަންޖެހޭ ތަކެތި ހޯދައި ބެލެހެއްޓުން.
  2. ސުޕަވައިޒުކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.
  3. ސެންޓަރުތަކާއި ސެކްޝަންތަކުން އަންނަ ލިޔެކިޔުންތައް ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
  4. ސެންޓަރުތަކުގައި ކެއިން ބުއިމުގެ ކަންތައްތަކާއި، ލޮޖިސްޓިކް އެންމެހާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.
  5. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ޑިވިޜަންގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުމާއި އަހަރީ ޕްލޭނެއް އެކަށައަޅައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.
  6. ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެންޓަރުތަކާއި ސެކްޝަންތަކުގެ އަހަރީ ބަޖެޓް ހެދުމުގެ ކަންތައްތައް ޢަމަލީގޮތުން ބެލެހެއްޓުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެންޓަރުތަކާއި ސެކްޝަންތަކުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން.
  7. ޑިވިޜަންގެ ދަށުން ހިނގަމުންދާ ސެންޓަރުތަކާއި ސެކްޝަންތަކުގެ އިސްވެރިންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ (ޓެކްނިކަލް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)

ތަޢުލީމާއި ތަޖުރިބާ

1. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ފަރުވާއަށް ޙުކުމްކުރާ ފަރާތްތައް އެންޑީއޭ އާ ހަވާލު ކުރުމުން އެމީހުން ސެންޓަރުތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގާގޮތް ބެލުން

2. ފަރުވާއަށް ޙުކުމްކުރާ ފަރާތްތައް އެންޑީއޭ އާ ހަވާލު ކުރުމުން އެމީހުން ސެންޓަރުތަކަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން

3. ޑިޓޮކްސިފިކޭޝަން ސެންޓަރުތަކަށް ދިއުމަށް އެދޭ މީހުން ފަރުވާއަށް ފޮނުވުމަށް ފޯމު ފުރުމާއި ސެންޓަރަށް ފޮނުވުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން

4. ޑިޓޮކްސިފިކޭޝަން ސެންޓަރުތަކަށް ދިއުމަށް އެދޭ މީހުން ސެންޓަރަށް ފޮނުވުމުގެ މަސައްކަތް ހިނގާގޮތް ބެލުން

5. މުރާޖަޢާ ކޮމެޓީން ނިންމާ ނިންމުންތައް ޑްރަގް ކޯޓަށް ފޮނުވުމުގެ މަސައްކަތް ހިނގާގޮތް ބެލުން

6. ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ފަރުވާގެ ރިޕޯޓް ޑްރަގް ކޯޓަށް ފޮނުވުމުގެ މަސައްކަތް ހިނގާގޮތް ބެލުން

7. އަމިއްލަ ފަރާތްތަކާއި ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަސައްކަތް ހިނގާގޮތް ބެލުން

8. ސެކްޝަނުގެ ކްލިނިކަލް ޚިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

9. ސުޕަވައިޒު ކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާއި ވިލަރެސްކުރުން.

10. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ (ކްލިނިކަލް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (އެސެސްމަންޓް ސަރވިސަސް ސެކްޝަން)

ތަޢުލީމާއި ތަޖުރިބާ

1. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޑްރަގް ކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ގުޅިގެން، ހަދަންޖެހޭ އެސެސްމަންޓާއި، އެހެނިހެން ބޭނުންތަކަށް ހަދާ އެސެސްމަންޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
  2. ޑްރަގް ޑިޕެންޑެންސީ، އިންޑިކޭޓިވް އަދި އެހެނިހެން އެސެސްމަންޓްތަކާ ބެހޭގޮތުން ފަރުވާއަށް އެދި ހުށަހަޅާ ފަރާތްތަކުންނާއި ފަރުވާދޭ މަރުކަޒުތަކުންނާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ބަލައި ފިޔަވަޅުއެޅުން.
  3. އެސެސްމަންޓް ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާއި އެހެނިހެން ދާއިރާތަކާ ވިލަރެސްކުރުން.
  4. ސެކްޝަނުގެ ކްލިނިކަލް ޚިދުމަތްތަކާއި އިދާރީ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
  5. ސުޕަވައިޒް ކުރާ ސްޓާފުންނަށް ފޯރުކޮށްދޭންޖެހޭ ފަންނީ އެހީ ފޯރުކޮށްދިނުމާއި، ފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެހެނިހެން ދާއިރާތަކާ ވިލަރެސްކުރުން.
  6. ސެކްޝަނަށް އަންނަ ލިޔެކިޔުންތައް ސަރުކާރުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބެލެހެއްޓުން.
  7. ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި އަހަރީ ޕްލޭނެއް އެކަށައަޅައި، އެއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުން.
  8. އަހަރީ ބަޖެޓް ހެދުމާއި، އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ސެކްޝަނުގެ މެންޑޭޓާ ގުޅޭގޮތުން ރާވައި ހިންގުން.
  9. ސެކްޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލައި، އެގޮތަށް ހިނގާކަން ކަށަވަރުކުރުން.
  10. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ (ޓެކްނިކަލް)

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން 

ސްޕެޝަލް ޑިއުޓީ އެލަވަންސް

އަސާސީ މުސާރައިގެ %35

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (އެކްސްޓަރނަލް ރިލޭޝަންސް އެންޑް ޕްރޮގްރާމް ޑިވެލޮޕްމަންޓް ސެކްޝަން)

ތަޢުލީމާއި ތަޖުރިބާ

1. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ނުވަތަ ސޯޝިއޮލޮޖީ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަސްތުވާތަކެތި ބޭނުންކުރުމުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުގެ އެހެނިހެން ދާއިރާތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
  2. ޑްރަގް އެބިއުސް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ޓްރީޓްމެންޓް ޕްރޮގްރާމްތަކާއި އެން.ޑީ.އޭގެ އެހެނިހެން މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭރުގެ އެހީ ހޯދުމާއި، ލިބޭ އެހީގެ މަޝްރޫޢުތައް ހިންގާ ވިލަރެސްކޮށް ރިޕޯޓްކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގެ އިންތިޒާމު ހަމަޖެއްސުން
  3. ބޭރުން ލިބޭ ފައިސާގެ އެހީ ހޯދުމަށްޓަކައި އެފަދަ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުގައިވާ ތަންތަނަށް ލިބޭ ބޭރުގެ އެހީތައް ޚަރަދުކުރެވޭ ގޮތުގެ ތަފުސީލުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން
  4. މަސްތުވާތަކެއްޗާބެހޭ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ހިންގާ ޕްރޮގްރާމްތައް ވިލަރެސްކުރުމާއި، މަސްތުވާތަކެއްޗާބެހޭ ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި މަރުކަޒުތަކާއި އަދި ބޭރުގެ ސަރުކާރުގެ އިދާރާތަކާއެކު ގުޅުން ޤާއިމުކޮށް ވާންޖެހޭ އެއްބަސްވުންތައްވުން.
  5. ރާއްޖެއާއި ރާއްޖޭން ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ތަމްރީނުގެ ފުރުޞަތުތަކާއި، ފަންނީ އެހީތެރިކަން ހޯދައިދިނުމާއި، އެފުރުޞަތުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ކަންކަން ވިލަރެސްކުރުން.
  6. އެން.ޑީ.އޭގެ ސްޓްރަޓެޖިކް ޕްލޭނާއި، އެކްޝަން ޕްލޭން މަސައްކަތްތައް އެކަށައަޅައި އެމަސައްކަތް ހިނގާ ނުހިގާގޮތް ބަލައި ވިލަރެސްކުރުން.
  7. އެވިޑެންސް ބޭސްޑް ޓްރީޓްމެންޓް އަދި ޕްރިވެންޝަން ޕްރޮގްރާމްތައް ފާހަގަކޮށް، އެޕްރޮގްރާމްތައް ފަރުމާކޮށް ތައްޔާރުކުރުމާއި، ފަރުވާދޭނެ މޮޑެލްސްތައް ކަނޑައެޅުމާއި، ޕްރޮގްރާމްތައް މުޠާލިޢާކޮށް ޕްރޮގްރާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  8. ފަރުވާދޭ މަރުކަޒުތައް ފެއްޓުމަށާއި ހިންގުމަށް ހަދަންޖެހޭ ސްޓެންޑަޑްސްތަކާއި ޕްރޮޓޮކޯލްސްތައް ހެދުން.
  9. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓް ލިޔުން)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ސުންގަޑި

5 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރުމަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

22 އޮކްޓޫބަރު 2014
ހޯދާ