ދިވެހިރާއްޖެ
އިޢުލާން
ލ.ހިތަދޫ ފުޓްސަލް ދަނޑުގެ ނުނިމި ހުރިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ލ.ހިތަދޫ ފުޓްސަލް ދަނޑުގައި ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ނުނިމި ހުރި މަސައްކަތްތައް ބީ.އޯ.ކިއު ގައި ރީނދޫކުލައިން ފާހަގަކޮށްފައިވާނެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު، 02 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހު 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 11:00 ގައި ލ.ހތަދޫ ކައުންސިލް އިދާރާގައެވެ. އަދި 18 ސެޕްޓެމްބަރ 2022 އިން ފެށިގެން ބީލަންފޮތް މިއިދާރާއިން ލިބެންހުންނާނެއެވެ.
އަންދާސީ ހިސާބު އަދި ބޭނުންވާ އެންމެހާ ލިޔުންތައް ހުށަހަޅުއްވަންވާނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެހުގެ އިތުރުން "ލ.ހިތަދޫ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކުރުމާބެހޭ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަށްވާނެއެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައި، ދެންނެވިފައިވާ ގަޑީގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 رَجَبُ 1444
17 ސެޕްޓެމްބަރ 2022