މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ އިނިޝިއަލް ޓްރެއިނިންގ ޕްރޮގްރާމް

ނޫސް ބަޔާން 

ސެކިއުރިޓީ އޮފިސަރ އިނިޝިއަލް ޓްރެއިނިންގ ޕްރޮގްރާމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އާ ގުޅިގެން  ސެކިއުރިޓީ އޮފިސަރސް އިނިޝިއަލް ޓްރެއިނިންގ (އެސްއޯއައިޓީ) ޕްރޮގްރާމެއް ކުރިއަށް މަހުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ސެކިއުރީޓި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިދީ،  މި ދާއިރާގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާ އިތުރަށްކުރިއެރުވުމެވެ. މީގެ އިތުރުން، މި ދާއިރާއަށް ބޭނުންވާ ދިވެހި މުވައްޒަފުން ތަމްރީނުކޮށް އަދި ދިވެހި މުވައްޒަފުންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ނައްތާލުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ އަމާޒެކެވެ.

ސެކިއުރިޓީ ދާއިރާއަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ އަދި ގިނަގުނަ ފުރުސަތުތަކެއް އެކުލެވިގެންވާ ދާއިރާއެއްކަމުން،މި ދާއިރާއަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ތަމްރީނުކޮށް، ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން، މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް މި ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ފަހި ވެގެންދާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި  ދ.ވާނީގައި، 14 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ސަރުކާރުން 100 އިންސައްތަ ފަންޑުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޖޮބް ސެންޓަރު ޕޯޓަލް (http://jobcenter.mv) މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 13 އޮކްޓޫބަރު 2022 ގެ ނިޔަލަށް ހުޅުވާލެވިފައިވާނެއެވެ.

15 ސެޕްޓެންބަރު 2022
ހޯދާ