ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނޭޝަނަލް ޑްރަގް އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި އޭޖެންސީއަށް ބޭނުންވާ އޮފީސް ފަރުނީޗަރާއި، އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ،  އަގު ހުށަހަޅާ ލިސްޓް، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

25 ސެޕްޓެމްބަރ 2022 (އާދީއްތަ)

11:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

15 ސެޕްޓެންބަރު 2022
ހޯދާ