ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ސީ އެމްބިއުލަންސްގައި މަސައްކަތް ކުރުމަށްޓަކައި، މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.
މަޤާމު: |
ޑްރައިވަރ |
ބޭނުންވާ އަދަދު: |
5 (ށ.ފުނަދޫ 1) (ފ.ނިލަންދޫ 2) (ދ.ކުޑަހުވަދޫ 1) (ތ.ވޭމަންޑޫ 1) (ގދ.ގައްދޫ 1) |
މުސާރަ: |
(މަހަކު) -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ހާޑްޝިފްޑް/ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމް އެލަވަންސަށް -/100 ރުފިޔާއާއި |
ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ތަން. |
ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުޠު:
|
1. ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައި ވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ ލައިސަންސް ލިބިފައިވުން. 2. ޕެޓްރޯލް އަދި ޑީސަލް އިންޖީނު އެޅި ހައިސްޕީޑް ލޯންޗު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކު ކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެ ގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން. |
މަޤާމު: |
ފަޅުވެރި |
ބޭނުންވާ އަދަދު: |
2 (ފ.ނިލަންދޫ 1) (ގދ.ގައްދޫ 1) |
މުސާރަ: |
(މަހަކު) -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
(މަހަކު) -/1500 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ހާޑްޝިފްޑް/ޝިފްޓް ޑިއުޓީ އެލަވަންސްގެ އިތުރުން ޔުނީފޯމް އެލަވަންސަށް -/100 ރުފިޔާ އަދި ލިބޭނެއެވެ. |
ޢާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން: |
ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި |
ފެންވަރު ނުވަތަ ޝަރުޠު:
|
އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެ ގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން. |
އިތުރު މަޢުލޫމާތު: |
މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. |
29 ޛުލްޙިއްޖާ 1435