މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Chulabhorn Graduate Institute Postgraduate Scholarship 2023

ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް 2023

ޤައުމު: ތައިލޭންޑް

ކޯހުގެ މުއްދަތު: 02 އަހަރު

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް:

* އެޕްލައިޑް ބަޔޮލޮޖިކަލް ސައިންސް: އެންވަޔަރމަންޓަލް ހެލްތް

* އެންވަޔަރމަންޓަލް ޓޮކްސިއޮލޮޖީ

* ކެމިކަލް ބަޔޮލޮޖީ

ކޯހުގެ ދާއިރާތައް:

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. ސެޕްޓެމްބަރ 2022 ގެ ނިޔަލަށް އުމުރުން 30 އަހަރުވެފައިނުވުން.

3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން.

4. މިއިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައިވާ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3.އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. މިއިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

5. ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި އޭގައި ބަޔާންކޮށްފައިވާ ލިޔުންތައް

6. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

7. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.

* މިސްކޮލަރޝިޕަށް ރާއްޖެއިން ނޮމިނޭޓް ކުރުމަށް އަންގާފައިވަނީ 5 ކެންޑިޑޭޓުންނެވެ.  އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ "ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް" ގެ ފަރާތުންނެވެ.

* މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ޓިއުޝަން ފީ، އެހެނިހެން އެކަޑެމިކް ފީ، ދެކޮޅު ޓިކެޓް، ވިސާ ފީ، ފަސްޓް ސެޓެލްމަންޓް އެލަވަންސް. ރިލޮކޭޝަން އެލަވަންސް، އެކޮމޮޑޭޝަން އެލަވަންސް، މަންތްލީ ސްޓައިޕެންޑް، ބުކް އެލަވަންސް، ހެލްތް އިންޝުއަރެންސް) މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

* މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު ޖޫން މަހުގައެވެ.

* މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޗޫލަބޯން ގްރެޖުއޭޓް އިންސްޓިޓިއުޓް ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އެއާއެކު ހުށަހެޅުއްވި ލިޔުންތަކުގެ އެޓެސްޓަޑް އަސްލު 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މިމިނިސްޓްރީއަށް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

 

މި އިއުލާނާގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބެން ހުންނާނެއެވެ.

 

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 22 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

15 ސެޕްޓެންބަރު 2022
ހޯދާ