ދިވެހިރާއްޖެ
ހދ. ނޮޅިވަރަމު ފުޓްސަލް ދަނޑުގެ ލައިޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ހޯދަންޖެހޭ ތަކެތި:
- 2 ހެލިގަން ލައިޓް (1000w)
- 2 ފޯމަރު (1000w)
- 2 ބަލްބް ފިލަމެންޓް (ހެލިގަން)
މަސައްކަތް:
- ފެންއެޅޭ ލައިޓްތައް ސިލިކޯން އަޅައިގެން ފެންނޭޅޭގޮތް ހެދުން
- 2 ލައިޓުގެ ކޭބަލް ބޭރުން ކޮނެގެން ބަދަލުކުރުން (3 ކޯރ ކޭބަލްއަށް – 50 މީޓަރުގެ 2 ކޭބަލް، 25 މީޓަރުގެ 1 ކޭބަލް)
ޕޮއިންޓް ދެވޭނެ އުސޫލް:
ހުށައަޅާ އަގު |
މުއްދަތު |
90% |
10% |
އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއި ހުށަހަޅަން އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާއި ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520043
އީ-މެއިލް:[email protected]