މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކ.ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ކ.ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

 

ކ. ތަނބުރުދޫ ތިލަ ސަރަހައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރާއްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 27 ސެޕްޓެމްބަރ 1995 ގައި މި މިނިސްޓްރީން ކޮށްފައިވާ ނަންބަރު: E/95/32 އިޢުލާނުން ޙިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ތަނބުރުދޫ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، އެސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅައި، އެސަރަހައްދުގެ އިންތަކާއި މިންތަކާއި އަދި ޒޯނޭޝަން ތަފްސީލު ވަނީ 5 ނޮވެމްބަރ 2020 ގައި އިޢުލާން ނަންބަރު (IUL)438-ENV/438/2020/209 މުރާޖަޢާކޮއްފައެވެ. 

ކ. ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ތިރީގައިވާ ދެ ދާއިރާގެ ތެރެއިން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

 

މަޤާމް:

ކ.ތަނބުރުދޫ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރު

މެންބަރުން ބޭނުންވާ ޢަދަދު:

2 (ދޭއް)

  1. ރާޅާ އެޅުމުގެ ކަންކަން ތަމްސީލުކުރާ އަމިއްލަ ޖަމިއްޔާގެ ފަރާތެއް 1 (އެކެއް)
  2. މި ސަރަހައްދު ބޭނުންކުރާ ރިސޯޓް ނުވަތަ ގެސްޓް ހައުސް ތަމްސީލުކުރާ ފަރާތެއް 1 (އެކެއް)

އަސާސީ ޝަރުތުތައް:

  1. ރާޅާ އެޅުމުގެ ކަންކަން ތަމްސީލުކުރާ އަމިއްލަ ޖަމިއްޔާއަކުން ކުރިމަތިލާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
  • މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ރަޖިސްޓްރީވެފައިވާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން
  • މި ޖަމިއްޔާ/ ޖަމާއަތުގެ މަޤްސަދުގެ ތެރޭގައި ރާޅާއެޅުން ނުވަތަ ތިމާވެށި ހިމާޔާތްކުރުން ހިމެނިފައިވުން
  • ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތެއްކަމުގައިވުން

 

  1. ރިސޯޓް ނުވަތަ ގެސްޓް ހައުސް ތަމްސީލުކުރާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
  • ތަމްސީލްކުރާ ވިޔަފާރި އަކީ މިނިސްޓްރީ އޮފް އިކްނޮމިކް ޑިވަލޮޕްމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްކަމުގައިވުން
  • ތަމްސީލްކުރާ ވިޔަފާރި އަކީ މާލެ އަތޮޅުގައި ޤާއިމްވެފައިވާ ވިޔަފާރިއެއްކަމުގައިވުން
  • ކުރިމަތިލާ މެންބަރަކީ ތަމްސީލް ކުރާ ދާއިރާގެ އެންމެހާ ފަރާތްތައް ތަމްސީލު ކުރާގޮތަށް، އެފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ކޮމިޓީއަށް ޚިޔާލު ހުށަހަޅާ ފަރާތެއްކަމުގައިވުން

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

(1)               ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުން

(2)               ތަނބުރުދޫ ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުން

(3)               ތަނބުރުދޫ ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުން

(4)               ތަނބުރުދޫ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން

އުޖޫރަ:

މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ކ. ތަނބުރުދޫ ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ؛
  2. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ؛
  4. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތައުލީމީ ސެޓްފިކެޓް؛
  5. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތުގެ ތަޖުރިބާގެ ލިއެކިޔުން؛
  6. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ ވިޔަފާރީގެ ރަޖިސްޓަރީ؛
  7. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތް/ވިޔަފާރީގެ ޕޯޓްފޯލިއޯ؛
  8. މެންބަރުކަމަށް ކުރިމަތިލައްވާ ފަރާތް ނިސްބަތްވާ ޖަމިއްޔާ/ ޖަމާއަތުން/ ވިޔަފާރީން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު.

މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ

އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

  1. ތަޢުލީމީ ފެންވަރު: އޯލެވެލް އަށް 10 މާކްސް، އޭލެވެލް/ޑިޕްލޯމާ 20 މާކްސް އަދި ޑިގްރީ  30 މާކްސް. (މާކުސް ދެވޭނީ އެންމެ މަތީ ތައުލީމީ ފެންވަރަށެވެ)
  2. ތަޖުރިބާ: ކުރިމަތިލާ ފަރާތުން، ކުރިމަތިލާ ދާއިރާއާއި ގުޅޭ ގޮތުން އަމިއްލައަށް މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 5 މާކުސް، ގިނަވެގެން 30 މާކުސް.
  3. ހުށައަޅާ ޖަމިއްޔާއިން/ ވިޔަފާރީން ހިންގާފައިވާ ދާއިރާއާއި ގުޅުން ހުރި ކޮންމެ ޕްރޮޖެކްޓަކަށް 10 މާކުސް، ގިނަވެގެން 40 މާކުސް.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018329 އަށެވެ.

15 ސެޕްޓެމްބަރ 2022

15 ސެޕްޓެންބަރު 2022
ހޯދާ