ދިވެހިރާއްޖެ
ވ.ތިނަދޫ ގައި ޢިމާރާތް ކުރުމުގެ އުސޫލު
-
މިއީ ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ވ) އާއި، މި ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ނަންބަރ: 1154R-/ 2021 ވ.ތިނަދޫގައި ޢިމާރާތް ކުރުމާއި ބޭހޭ އުސޫލެވެ.ތަޢާރަފާއި ނަން
-
މަޤްޞަދު
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މިއުސޫލު ކައުންސިލްގެ ޢާއްމު ބައްދަލުވުމަކުން ފާސްކުރާ ދުވަހުން ފެށިގެންނެވެ.އަމަލުކުރަން ފަށާ ތާރީޚު
- މި އުސޫލުގެ މަޤްޞަދަކީ ވ. ތިނަދޫއަކީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ރަށަކަށްވުމުން ދިވެހިރާއްޖޭގެ އެހެން ރަށްރަށާއި ތަފާތު އަމާން މާޙައުލެއް ޤާއިމް ކުރުމެވެ. އަދި ވ.ތިނަދޫގެ މެޖޯރިޓީ ރައްޔިތުން އެދިގެން މިހާރުވެސް އަމަލު ކުރެވެމުންދާ ގޮތަކަށް ވުމުން އަލަށް ކުރެވޭ އިމާރާތްތަށް ޑިޒައިންގ ކުރުމާއި ކުރެހުމަށް ފަސޭހަ މަގެއް ހުޅުވައި ދިނުމެވެ. އަދި ތިނަދޫގެ ދިރިއުޅޭ އާބާދީއަކީ ތިނަދޫއަށް އެކަށޭނަ އާބާދީއެއް ކަމުގައި ހެދުމެވެ.
-
މިއުސޫލު ހިނގާނީ ވ.ތިނަދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިމާރާތް ކުރެވޭނެކަމަށް ކަނޑައަޅާފައިވާ ހުރިހާ ބިމަކަށެވެ.މިއުސޫލު ހިނގާނެ ދާއިރާ
-
މިއުސޫލުގެ ދަށުން ވ.ތިނަދޫގައި އިމާރާތް ކުރެވޭނީ (ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، ސެކަނޑް ފްލޯރ، އަދި އިމާރާތުގެ ޓެރަސް އިން 60 ޕަސެންޓް ޖާގަޔަށްވާ މިންވަރެވެ.) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގައި ހަދާ ޢިމާރާތެއް ޢިމާރާތް ކުރާއިރު، ބިމުން ފެށިގެން ރޫފްބީމް ނުވަތަ ޓެރަސް ސްލެބް ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމައަށް ޢިމާރާތް ކުރެވޭނެ އުސްމިން ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.ޢިމާރާތް ކުރެވޭނެ އުސްމިން
|
އިމާރާތުގެ ޑިޒައިންގ ކުރުމާއި ކުރެހުމާއި އިމާރާތްކުރުން
|
(ހ) އިމާރާތުގެ ފުޓްޕްރިންޓުގެ ބޮޑުމިނުގައި (600)( ހަސަތޭކަ) އަކަފޫޓު ހަމަވާނަމަ، ނުވަތަ 600) ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުނަމަ، ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ (16.5)ސޯޅަ ޕޮއިންޓް ފަހެއް) މީޓަރެވެ.
- މިއުސޫލުގެ ދަށުން އިމާރާތެއް ޑިޒައިންކޮށް ކުރަހާއިރު އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.
(ހ) އިމާރާތުގެ ޓެރަހުގައި ދިރިއުޅުމަށްވެސް ، ވިޔަފާރީގެ ގޮތުން ވިއްކުމަށްވެސް ކޮޓަރި އެއް ނުހެދޭނެއެވެ.
(ށ) އިމާރާތުގެ ޓެރަހުގައި އިމާރާތްކޮށް ހިޔާ ކުރެވޭ 60 ޕަސެންޓް ޖާގައިގައި ބަދިގެ ، ރެސްޓޯރެންޓް ، ލޯންޑްރީ ، ސުއިމިންޕޫލް ،ޖިމް ކެފޭ ނުވަތަ ބާރ ފަދަ ތަންތަނާއި އަދި ސިނަމާ، ސްޕަރ ފަދަ ތަންތަން ޤާއިމް ކުރެވިދާނެއެވެ.
(ނ) އިމާރާތުގެ ޓެރަހުގައި އިމާރާތްކޮށް ހިޔާ ކުރެވޭ 60 ޕަސެންޓްގެ ޖާގައިގެ އިތުރުން އޮންނަ ހުސްޖާގައިގައި ސުއިމިންގ ޕޫލް، ފަދަ ތަންތަން ހެދިދާނެއެވެ.
-
ދިރިއުޅުމަށް ދޫކޮއްފައިވާ ގޯއްޗެއްގައި ހަދާ އެއްވެސް އިމާރާތަކުން ބެލްކަނީގެ ގޮތުގައިވިޔަސް އެހެން ގޮތަކުންވިޔަސް އެއްވެސް ބަޔެއް ގޯތީގެ އިމުން ބޭރަކަށް ނުނެރެވޭނެއެވެ.ނަމަވެސް އިމާރާތުގެ ފުރާޅުގެ އަސްކަނި 3 ފޫޓް (ތިންފޫޓް) ބޭރައް ނެރެވިދާނެއެވެ.އިމާރާތުގެ ބައިތަށް މަގަށް ނެރުން
-
މި އުޞޫލުގައި ކަނޑައެޅިގެން ބަޔާންކޮއްފައިވާ އެއްވެސް ކަމަކާއި ޚިލާފަށް އަމަލުކުރުމަކީ މަނާކަމެކެވެ.މަނާކަންތައްތައް
-
މި އުޞޫލަށް އަމަލު ކުރަންފެށުމުގެ ކުރިން ހިނގާފައިވާ އެއްވެސް ކަމެއް މިއުސޫލަށް އަމަލުކުރަން ފެށުމުން އުސޫލާއެއްގޮތަށް ބަދަލު ކުރާކަށް ނުޖެހޭނެއެވެ.އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިންހިންގާފައިވާ ކަންކަން
- މި އުޞޫލުގައު ހިމެނިފައިވާ ކަމަކާ އެއްވެސް ފަރާތަކުން ޙިލާފުވެއްޖެނަމަ، އެކަން ރަނގަޅު ކުރުމަށް އަނގާ ފުރަތަމަ ނޯޓިސް އެއް ދިނުމަށްފަހު،ކައުންސިލުން އަންގާ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓްރަކްޗަރ އިން އާންމުކޮއްފައިވާ ޤަވާއިދު ނަންބަރު : 2019/R-1002 ( ޕްލޭނިންގ ޤަވާޢިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ޤަވާޢިދު)އާއި އެއްގޮތްވާ ގޮތުގެ މަތިންއަމަލު ކުރެވޭނެއެވެ.
-
މި އުޞޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމަކާމެދު އަމަލު ކުރަންވާނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް ހައުސިންގ އިންފްރާސްޓްރަކްޗަރ އިން އާންމުކޮއްފައިވާ ޤަވާއިދު ނަންބަރު : 2019/R-1002 ( ޕްލޭނިންގ ޤަވާޢިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ޤަވާޢިދު)އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.ނެތްކަމެއް ދިމާވުން
|
ޖަދުވަލު 1
|
އިމާރާތް ކުރެވޭނެ މިންގަނޑުތަށް
