ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:
މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ސްޓޭޖް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަޢްލޫމާތު ސާފުކޮށްދިނުން 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހަޅާނީ 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައިގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ [email protected] އަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.