ދިވެހިރާއްޖެ
ހޯރަފުށީގެ ޢިޖްތިމާޢީ ސަރަހައްދުތަކާއި ކައުންސިލުން ބަލަހައްޓަމުންގެންދާ ބައެއް ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން ކައުންސިލުން އަންގާގޮތެއްގެ މަތީން ކޮންޓްރެކްޓް އުޞޫލުން ބަޔަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްގެ 20/2022 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވައިފައެވެ.
ވީމާ، ރަށްވެހި ޕާރކް ކުނިކަހާ ސާފުކޮށް ބެލެހެޓުމަށް ޝައުޤުވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
20 ސެޕްޓެމްބަރ 2022 |
އަންގާރަ |
11:30 (ހެނދުނު) |
އަންދާސީ ހިސާބު ހުށަހެޅުން |
25 ސެޕްޓެމްބަރ 2022 |
އާދިއްތަ |
11:30 (ހެނދުނު) |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މި އިދާރާއަށް އަންގަވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.