މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓު ޝަރީޢަތްކުރާ ކޮޓަރީގެ ދޮރުބަދަލުކުރުމާއި، މުށިތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު

މިކޯޓު ޝަރީޢަތްކުރާ ކޮޓަރީގެ ދޮރުބަދަލުކުރުމާއި، މުށިތައް ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މިކޯޓުގައި ޝަރީޢަތްކުރާ ކޮޓަރިއަށް ވަނުމަށް ބޭނުންކުރަމުންދާ ދޮރު ނައްޓާލުމަށްފަހު، އެދޮރު ބަންދުކޮށް ވެއިޓިންގ އޭރިޔާ ތެރެއިން ދޮރެއް ކަނޑާ، ދޮރެއް ހަރުކޮށްދިނުމަށް އަދި ޝަރީޢަތްކުރާ ކޮޓަރީގެ ތެރޭގައި ހަލާކުވެފައިވާ މުށިތައް ނައްޓާ، އެތަންތަނުގައި އައު މުށި ޖެހުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް މަޢުލޫމާތު ސާފުކުރެއްވުމަށް މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަދި ތިރީގައިވާ ގޮތުގެމަތިން މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚް: 29 ސެޕްޓެމްބަރ 2022

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640341 / 6640342 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

14 ސެޕްޓެންބަރު 2022
ހޯދާ