ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތައް ލަސްކުރުމާ ގުޅޭ

މި އެކެޑަމީން ބާއްވާ އަދަބީ ބައެއް މުބާރާތްތައް ކަމުގައި ވާ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25ވަނަ ޤައުމީ މުބާރާތުގެ ފޯމު ހުށައެޅުމާއި މުބާރާތްތައް ބާއްވާ ދުވަސް މިހާރު މި ވަނީ ލަސްކުރެވިފައެވެ.

މި ގޮތަށް ލަސްކުރަން ޖެހުނީ ގިނަ އިސްކޫލުތަކެއްގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ. 

މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ގޫގުލް ފޯމު ފުރިހަމަކުރުމަށް ފަހު ހުށައެޅުމުގެ ސުންގަޑިއަކީ 2022 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

މި މުބާރާތްތައް ބާއްވަން މިހާރު ހަމަޖެހިފައިވަނީ 2022 އޮކްޓޫބަރު 1،2 މި ދެ ދުވަހުއެވެ. 2022 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މުބާރާތް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކަށް އަންގާނެއެވެ.  

މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230، 3028000 ލިބޭނެއެވެ.

14 ސެޕްޓެންބަރު 2022
ހޯދާ