ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު (ލެބޯރެޓަރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯރެޓަރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން)

ލާމު އަތޮޅުގެ ރަށްތަކުގެ ސިއްޙީ މަރުކަޒުތަކުގެ ތެރެއިން ލެބޯރެޓަރީގެ ޙިދުމަތް މިވަގުތު ލިބެންނެތް މަރުކަޒުތަކުން ނަގާ ސާމްޕަލްތައް، ސާމްޕަލް ނެގި މަރުކަޒާއި އެންމެ ގާތުން ޙިދުމަތް ލިބެންހުރި މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  • ލ. ދަނބިދޫ ސިއްޙީ މަރުކަޒުން ލ. އިސްދޫ ސިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. މުންޑޫ ސިއްޙީ މަރުކަޒުން ލ. މާބައިދޫ ސިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. މާމެންދޫ ސިއްޙީ މަރުކަޒުން ލ. ހިތަދޫ ސިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.
  • ލ. ކުނަހަންދޫ ސިއްޙީ މަރުކަޒުން ލ. ހިތަދޫ ސިއްޙީ މަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.

 މިމަސައްކަތް ހަވާލުކުރެވޭނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް ކޯޓޭޝަން ހުށަހެޅުމަށް، މި އިދާރާއަށް ނުވަތަ ސިއްޙީ މަރުކަޒުތަކަށް ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. އަންދާސީ ހިސާބު ފޮނުއްވާނީ  20 ސެޕްޓެންބަރު 2022 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިހޮސްޕިޓަލްގެ މެއިލް [email protected] އަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާގެ ކައުންޓަރަށް ނުވަތަ މި އަތޮޅުގެ ސިއްޙީ މަރުކަޒުތަކަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6800794 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2022
ހޯދާ