ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ އައު ޑެންޓަލް ޑިޕާޓްމެންޓްގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތް މިހޮސްޕިޓަލުން ދޭ ބީ.އޯ.ކިއު އަދި ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގެ އައު ޑެންޓަލް ޑިޕާޓްމެންޓްގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތް މިހޮސްޕިޓަލުން ދޭ ބީ.އޯ.ކިއު އަދި ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2022/025-R1

ހުޅުމާލެ ހޮސްޕިޓަލުގެ އައު ޑެންޓަލް ޑިޕާޓްމެންޓްގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތް މިހޮސްޕިޓަލުން ދޭ ބީ.އޯ.ކިއު އަދި ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު TENDER/HMH/2022/025 ސްކޯޕަށް ބަދަލުގެނެވިފައިވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

 

މައުލޫމާތު ދިނުން ރެޖިސްޓްރޭޝަން:

ބިޑުގައި ބައިވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން 21 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00 ގައި ހޮސްޕިޓަލުގެ ވައްލަ މީޓިންގް ރޫމުގައި އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

28 ސެޕްޓެމްބަރ 2022 ވާ ބުދަ ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

 

14 ސެޕްޓެމްބަރ 2022

 

ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް

14 ސެޕްޓެންބަރު 2022
ހޯދާ