ދިވެހިރާއްޖެ
މިޑިޕާޓްމަންޓު ހިންގުމަށްޓަކައި ޢިމާރާތެއް ހޯދުމަށް 21 ސެޕްޓެންބަރު 2014ގައި ކުރި ނަންބަރު: 66/IUL)120/1/2014) އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއްގެ ގިނަވެގެން 3 ފަންގިފިލާއިން، 7000 އަކަފޫޓަށްވުރެ ކުޑަނޫން ޖާގަ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ނޮވެންބަރު 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 13ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.
29 ޛުލްޙިއްޖާ 1435