ދިވެހިރާއްޖެ
މި ކޮމިޝަނުން ތިރީގައިވާ ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. |
|
ސެކްޝަން / ޔުނިޓް |
ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން |
ބޭނުންވާ އަދަދު |
01 (އެކެއް) |
މުއްދަތު |
06 މަސް |
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
އިންޓާރންޝިޕް އެލަވަންސް |
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ |
އަސާސީ ޝަރުޠު |
|
މަސްއޫލިއްޔަތު: |
1- ފަނޑިޔާރުންގެ ސުލޫކާ ގުޅުންހުރި އެންމެހައި ޝަކުވާތައް ދިރާސާކުރުމާއި، ތަޙްޤީޤް މަސައްކަތް ކުރުން 2- ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރާ ކޮމިޓީގެ ވަކީލެގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކާއެކު މަސައްކަތްކުރުން 3- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން. 4- ތަހްޤީޤުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، ތަޙްޤީޤު ކޮމިޓީގެ ވަކީލުގެ އިރުޝާދާއެއްގޮތަށް ބަޔާންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން 5- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކަށް ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި ވަކިލާއެކު މަސައްކަތްކުރުން 6- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެމުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން. 7- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނަށް އެހީތެރިވުން. 8- ސެކްޝަންގެ މަސައްކަތްތަކާގުޅޭ އެންމެހާ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން 9- ސެކްޝަނުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފައާ އިރުޝާދުގެމެތިން ޖަވާބުތައްޔާރުކޮށް ފޮނުވުން 10- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން ކުރުން. 11- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.
|
ސެކްޝަން / ޔުނިޓް |
ކޮމިޝަން ބިއުރޯ ސެކްޝަން |
ބޭނުންވާ އަދަދު |
01 (އެކެއް) |
މުއްދަތު |
06 މަސް |
މަސައްކަތް ކުރަންޖެހޭ ތަން |
ޖުޑީޝަލް ސަރވިސް ކޮމިޝަން |
އިންޓާރންޝިޕް އެލަވަންސް |
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ |
އަސާސީ ޝަރުޠު |
|
މަސްއޫލިއްޔަތު: |
1- ކޮމިޝަންގެ ރައީސް ސޮއި ކުރައްވާ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ ލިޔެކިޔުންތައް ޗެކުކުރުން 2- ކޮމިޝަންގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން 3- ކޮމިޝަންގެ ރައީސާއި މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް، އެހެން އޮފީސްތަކާއި އަދި އެހެނިހެން ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން 4- ކޮމިޝަނުން ރިވިއުކުރާ އެކިއެކި ޤަވާޢިދުތަކާއި ޤާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް ކުރުން 5- ޝަރުޢީ ދާއިރާއާ ގުޅުންހުރި ބައިނަލްއަޤުވާމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓުތައް މުރާޖަޢާކުރުން 6- ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން 7- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތީން ކުރުން. 8- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން. |
އިންޓާރޝިޕަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
|
ސުންގަޑި |
25 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
|