ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ
އިޢުލާނު
- މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ
- ރޭންކް: LS2
- ބޭނުންވާ އަދަދު: 1
- މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު/ މާލެ
- މުސާރަ: -/9412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
- ސަރވިސް އެލަވަންސް: -/3000 (ތިންހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސާއި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
- ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޝަރީޢަތާ ގުޅުންހުރި މަސައްކަތްތައް.
- ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ސެޓުފިކެޓު ލެވެލް އިން މަތީ ސެޓުފިކެޓުތައް ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ. މިގޮތުން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ ސެޓުފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ.)
- ވަޒީފާއަށް އެދި ހުށަހަޅާއިރު ފުރިހަމަކުރި ކޯހަކާގުޅިގެން ލިބެންޖެހޭ ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓާއި އެކޯހަކީ އެމް.ކިއު.އޭ ގަބޫލުކުރާ ކޯހެއް ކަމަށް އެމް.ކިއު.އޭ އިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމަކާއެކު ހުށަހެޅުމުން އެސެޓުފިކެޓަށް މާކުސް ދެވޭނެއެވެ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2014 ނޮވެންބަރު 4 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ސިވިލްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މި އިޢުލާނާ ގުޅިގެން ހުށަހަޅާ ތަޢުލީމީ ސެޓުފިކެޓުތައް އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ލިޔެ ސޮއިކޮށް ތައްގަނޑު ޖަހާފައިނުވާނަމަ، އެފަދަ ސެޓުފިކެޓުތައް ޤަބޫލެއް ނުކުރެވޭނެއެވެ.
- މިމަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންމެ މަތިން މާކުސް ލިބިފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމު ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
27 ޛުލްޙިއްޖާ 1435
21 އޮކްޓޫބަރު 2014
ހޯދާ