ދިވެހިރާއްޖެ
އިޢުލާން
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކެންޓީނުގެ ޚިދުމަތް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުން
މިމަރުކަޒުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ކެންޓީނުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 16 އޯގަސްޓް 2022 ގައި ކުރި އިއުލާން ނަންބަރ GS22/2022/0038 އާއި ގުޅިގެން އެއްވެސް ފަރާތަކުން މިކަމަށް ކުރިމަތިލާފައިނުވާތީ އެ އިއުލާން ބާޠިލްކޮށް މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2022 ވާ އާދިއްތަދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 20 ސެޕްޓެމްބަރ 2022 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.