މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް (އެމް.އެސް 2)

މަޤާމު:

ފައިނޭންޝަލް އެނަލިސްޓް (އެމް.އެސް 2)

ބޭނުންވާ އަދަދު:

1

މުސާރަ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް ސެކްޝަން/ ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން

މަޤާމުގެ ޝަރުޠު:

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިކޮނިމިކްސް/ ފައިނޭންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިވިޜަން މެދުވެރިވެގެން ދަޢުލަތުން ނަގާ ދަރަންޏަކީ ޑިވިޜަނުން ކަނޑައަޅާފައިވާ ޑެޓް ސްޓްރެޓެޖީއާ އެއްގޮތަށް ނެގޭ ދަރަންޏެއްތޯ ބެލުމާއި، ޑެޓް ސްޓްރެޓެޖީއާ ޚިލާފަށް ނެގޭ ދަރަންޏެއްނަމަ އޭގެ ހުރި ރިސްކްތައް ވެރިންގެ ސަމާލުކަމަށް ގެނައުން.
  • އެޕްރެއިސަލް އަށްފަހު ނެގޯސިއޭޝަންގެ ލިޔެކިއުންތައް ލިބުމުން އެއަށް ސްޓޭކްހޯލްޑަރުންގެ ކޮމެންޓްސް ހޯދައި، ނެގޯސިއޭޝަން ޕެކޭޖް ފައިނަލް ކުރުން
  • ނެގޯސިއޭޝަން ބާއްވާ ދުވަސް ފައިނަލްވުމުން އެއަށް ބޭނުންވާ ހުއްދަތައް ހޯދާ، ޓީމް ފައިނަލްކޮށް ނެގޯސިއޭޝަންގެ އެންމެހާ ކަންތައް އިންތިޒާމު ކުރުން
  • ލޯނާއި ހިލޭއެހީގެ އެގްރީމެންޓުތަކުގައި ސޮއިކުރުމަށް ބޭނުންވާ ޤާނޫނީ ހުއްދައަށް އެޓަރނީ ޖެނެރަލ އޮފީހުގެ ލަފާހޯދާ، ދެއްވާ ލަފަޔާ އެއްގޮތަށް ޤާނޫނީ ހުއްދައިގެ އޮރިޖިނަލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް މަސައްކަތް ކުރުން
  • ލޯނު ސޮއިކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމް މިނިސްޓަރުގެ ބިއުރޯ އާ އެޑްމިންއާ ކޯޑިނޭޓްކޮށްގެން، ރޭވުން
  • އަލަށް ސޮއިކުރެވޭ ލޯން އެގްރީމަންޓުތައް އިފެކްޓިވް ކުރުމަށް ކުރާ މަސައްކަތްތައް ކުރުން

އުޖޫރަ އާއި އިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

- އާސަންދަ (ހެލްތު އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިކޮނިމިކްސް / ފައިނޭންސް ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ ސެޓުފިކެޓު)  އަދި ޓްރާންސްކްރިޕްޓުތައް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި:

06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

 

27 ޛުލްޙިއްޖާ 1435

21 އޮކްޓޫބަރު 2014
ހޯދާ