ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުން

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ (ޤަވައިދު ނަންބަރު: (2018/R-69 8 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 66 ވަނަ އާންމު ބައްދަލުމުގައި އެކަމާ ގުޅޭ އުސޫލު ވަނީ ފާސްކުރެވި  11 ސެޕްޓެމްބަރ 2022ގައި ވަނީ އާންމުކޮށް ގެޒެޓްކުރެވިފައެވެ.

މި އުޞޫލުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިންތައް ކުއްޔަށް ހިފުމުގެ ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން  މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ނެގުމަށް އެދޭ ފޯމު ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ބިންތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިންތައް ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުނަގައިގެންނެވެ.

13 ސެޕްޓެންބަރު 2022
ހޯދާ