މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ޖީ.އެސް 3)

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  (ޖީ.އެސް 3)

ބޭނުންވާ އަދަދު:

1

މުސާރަ:

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން      

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓުފިކެޓު ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ބައިނަލް އަޤްވާމީ މާލީ އިދާރާތަކުން އެހީ ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ބެލެހެއްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންތައް ޑިވިޝަންގެ 'އޮޕަރޭޝަންސް މެނުއަލް'ގައިވާ ގޮތަށް ރާވައި ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތުގައި، ޑިވިޝަންގެ އިދާރީ ކަންތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތުގެ ގޮތުގައިވާ އެންމެހާ ކަންތައް ކުރުން
  • ޑިވިޜަނަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، މި މަޢުލޫމާތު އެންޓްރީ ކޮށް، ފައިލް ކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.
  • ޑިވިޜަނާ އަދި އެހެނިހެން ފަރާތްތަކުން ރާވާ ބައްދަލުވުންތަކާ، ޑިވިޜަނުގެ ހެޑަކަށް އެވަގުތު ހުންނަވާ ވެރިއެއް( ނުވަތަ ވެރިންގެ) ބައްދަލުވުންތަކުގެ ޝެޑިއުލް ބެލެހެއްޓުމާއި، މި ބައްދަލުވުންތަކުގެ މަޢުލޫމާތު އެވެރިޔަކަށް އެރުވުން.
  • ޑިވިޜަންއިން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ބޭނުންވާ ޖަލްސާކުރާ ކޮޓަރި ތައްޔާރުކުރުމާ، ސައިގެ ކަންތައް ހަމަޖެއްސުމާ އަދި ބައްދަލުވުމުގެ ބޭފުޅުންގެ މަޢުލޫމާތު ބެލެހެއްޓުމާއި، ގަޑިތައް ބަހާލެވިފައިވާ ގޮތް ބެލެހެއްޓުން.
  • ޑިވިޝަންގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި ހޯދޭ ތަކެތި ބެލެހެއްޓުން.
  • ދައުލަތުގެ ބަޖެޓަށް މި ޑިވިޜަނުން ފޯރުކޮށްދޭން ޖެހޭ މަޢުލޫމާތު ތައްޔާރުކުރުމުގާ މުވައްޒަފުންނަށް އެހީތެރިވެދިނުން
  • އަހަރީ ރިޕޯޓު ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓު ތައްޔާރުކޮށް އެޑްމިން އަށް ހުށަހެޅުން
  • ޑިވިޜަންގެ މުވައްޒަފުންގެ ލީވް ކަލަންޑަރާއި، މިޝަން ކަލަންޑަރ އަޕްޑޭޓުކޮށް ބެލެހެއްޓުން

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް) އަދި ޓްރާންސްކްރިޕްޓުތައް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ އަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ސުންގަޑި:

06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 15 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

28 ޛުލްޙިއްޖާ 1435

22 އޮކްޓޫބަރު 2014
ހޯދާ