ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގެ ފަރާތުން މި އަތޮޅުގެ ފިރިހެން އަދި އަންހެން ވޮލީ ޓީމްތަކަށް އަމާޒުކޮށްގެން ވޮލީ ބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާނީ 10 އޮކްޓޫބަރު 2022 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައެވެ. މި މުބާރާތުގައި ހދ. އަތޮޅުގެ ކޮންމެ ރަށަކުންވެސް އަންހެން 1 ޓީމް އަދި ފިރިހެން 1 ޓީމް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތައް 13 ސެޕްޓެންބަރު 2022 ފެށިގެން 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހު 13:00 ނިޔަލަށް، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި ޓީމް ލިސްޓް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ބައިވެރިވުމަށް އެދޭފޯމާއި ޓީމް ލިސްޓް ހުށަހަޅާނަމަ؛ [email protected] އަށް މެއިލް ކުރައްވައި ކައުންސިލުގެ ނަންބަރު 6521633 އާ ގުޅުއްވުން އެދެމެވެ.
ވޮލީ މުބާރާތާއި ބެހޭ މަޢުލޫމާތު ކަރުދާހާއި ފޯމް ހދ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް www.haadhaal.gov.mv އިން ލިބެން ހުންނާނެއެވެ. މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މިއިދާރާގެ ފޯން:6528801 ނުވަތަ 6521633 ގުޅުއްވުން އެދެމެވެ.