ދިވެހިރާއްޖެ
މަޤާމު: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު: 1
ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މާލޭ ސްކޫލްތަކާއި، މާލޭ ސިޓީ އެޑިޔުކޭޝަން ޔުނިޓުގެ މަސައްކަތްތައް ނިންމަންޖެހޭ ދުވަހަށް ނިންމާތޯ ބަލައި، މޮނިޓަރކުރުން.
- މާލޭ ސްކޫލްތަކާއި މާލޭ ސިޓީ އެޑިޔުކޭޝަން ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ޙައްލު ހޯދުން.
- މާލޭގައި ހުންނަ، ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އާއި ގްރޭޑް 8 އަށް ކުދިން ވެއްދުމާބެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމުގައި ކުދިން ބަލަންޖެހޭ ކަންކަން ބެލުން.
- މާލޭގެ ސްކޫލްތަކުގައި ސްކޫލަށް ދާންޖެހޭ އުމުރުފުރާގެ އެއްވެސް ދަރިވަރަކު ސްކޫލަށް ނުގޮސްވާނަމަ، އެ ދަރިވަރަކާބެހޭ މަޢުލޫމާތު ހޯދުމަށްފަހު ސްކޫލަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
ޝަރުޠު:
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
މުސާރަ (މަހަކު) |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ |
MS2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 2 |
ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
-/9108 |
އިންޓަރވިއުކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 2014 ނޮވެންބަރުމަހުގެ 4 އާއި 10 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 2 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ތަޢުލީމީ ސެޓްފިކެޓްތަކާއެކު ލިޔުމަކުން ހުށަހެޅުން އެދެމެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ.