ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް އެކްސްކަވޭޓަރެއް ގަތުމާއި ގުޅޭ

މި އިޢުލާންވަނީ 19 ސެޕްޓެންބަރު 2022 15:35 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މިކައުންސިލަށް އެކްސްކަވޭޓަރެއް ގަތުމާއި ގުޅޭ

މިއިދާރާގެ އިއުލާން ނަންބަރު : 393/393/2022/50(IUL)( 5 ސެޕްޓެމްބަރު ) އިއުލާން ބާތިލް ކޮށް އަލުން މި އިއުލާން ކުރީމެވެ. މިކައުންސިލުން ރަށުގައި ކުރާ އިޖްތިމާޢީ މަސައްކަތްތައް ކުރުމަށް 3.5 ޓަނުގެ އެކްސްކަވޭޓަރެއް ގަންނަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިކައުންސިލްގެ  6780757 / 9655474އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

- ބިޑް ރަޖިސްޓްރީ ވުމުގެ މުއްދަތު: 15 ސެޕްޓެމްބަރ 2022ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ މެއިލް [email protected]   އަށް މެއިލް ކުރަށްވުން އެދެން.

ބިޑް ހުށަހެޅުން: 18 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 10:30ގައި ކިނބިދޫ ކައުންސިލްގެ އިދާރާގައި

-  ބިޑް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ  ސިޓީ އުރައެއްގައި

-  ބިޑް ހުށަހަޅުއްވާއިރު މަޢުލޫމާތު ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

    16 ޞަފަރު 1444

   12 ސެޕްޓެމްބަރ 2022

12 ސެޕްޓެންބަރު 2022
ހޯދާ