ދިވެހިރާއްޖެ
އިޢުލާން
ޒޯން ބީގެ އެއްގަމާއި ކަނޑުގެ ލައިސަންސް ދިނުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާބެހޭ
ޒޯން ބީގެ އެއްގަމާއި ކަނޑުގެ ލައިސަންސް ދިނުމަށް އެގްޒަމިނަރުން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު IUL)242/242/2014/20) އިޢުލާނުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިއުލާން ބާތިލުކޮށް، އަލުން ފުރުޞަތު ހުޅުވައިލަމެވެ. ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 2014 ނޮވެންބަރު 2 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި މި އިދާރާއަށް ސިޓީހުށަހެޅުން އެދެމެވެ. ސިޓީ ހުށަހަޅާއިރު، ތިރީގައިވާ ޑޮކިއުމަންޓްސް ހުށަހެޅުން އެދެމެވެ.
- އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 2 އަހަރު ދުވަސް
- ދޫކުރި ތާރީޚުން ފެށިގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ)
- ދޫކުރި ތާރީޚުން ފެށިގެން 3 އަހަރު ދުވަސްވެފައިވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
26 ޛުލްޙިއްޖާ 1435