ދިވެހިރާއްޖެ
ނަންބަރ: 56(IUL)403-A/403/2022/1
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުން ހިންގާ ލ.މާމެންދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރަށް 350kg ގެ ޕިކަޕެއް ގަންނަން ބޭނުންވެ މިއިދާރާއިން ކުރި ނަންބަރު: (IUL)403-A/403/2022/143 (25 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، އެ އިޢުލާން ބާޠިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ. މި ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓްރީވުން |
13 ސެޕްޓެންބަރު 2022 އިން 20 ސެޕްޓެންބަރު 2022 އަށް |
10:30 އިން 13:00 އާއި ދެމެދު |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
ބީލަން ހުށަހެޅުން |
29 ސެޕްޓެންބަރު 2022 ) ބުރާސްފަތި) |
13:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް، 2022 ސެޕްޓެންބަރު 25 ވާ އާދިއްތަ ދުވަހުން ފެށިގެން 2022 ސެޕްޓެންބަރު 28 ވާ ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
16 ޞަފަރު 1444ހ