ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގެ ނަންބަރު: A)U1SM-A/2014/3) އިޢުލާން ގެޒެޓްކުރެވިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިމަރުކަޒުގައި ބޭނުންކުރާ އެންބިއުލާންސްގެ އިންޖީނު އޯވަރހޯލްކުރުމާއި، އެންބިއުލާންސްގެ އެހެނިހެން މަރާމާތުތައް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި 9 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިމަރުކަޒުގެ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.
29 ޛުލްޙިއްޖާ 1435