ދިވެހިރާއްޖެ
4 ސެޕްޓެންބަރު 2022 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި ދެމެދު ސޮއިކުރެވުނު ފަހުމުނާމާއާއި ގުޅިގެން ތިރީގައިމިވާ ދާއިރާތަކުން ނޭޝަނަލް ސެޓްފިކެޓު 3 ޙާޞިލް ކުރާ ފަރާތްތަކަށް އިތުރު ތިއަރީ އިމްތިޙާނަކާ ނުލައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން ލައިސަންސް ލިބިގެންދާނެއެވެ.
# |
ނޭޝަނަލް ސެޓިފިކެޓް ނަން |
ލައިސަންސް ކޯޑް |
ލައިސްގެ ތަފްސީލް (ބާވަތް) |
1 |
ބަސް އޮޕަރޭޝަންސް |
B2E, B1E, B0E |
ބީ ޒީރޯ ވިތް ޓްރެއިލާ، ބީ ވަން ވިތް ޓްރެއިލާ، ބީ ޓޫ ވިތް ޓްރެއިލާ |
2 |
ހެވީ ވެހިކަލް އޮޕަރޭޝަންސް |
V6, V5, V4, V3 V9, V8, V7 |
ރޯޑް ރޯލަރ، ގްރޭޑަރ، ރޯޑް މާކަރ، ސްވީޕަރ، ލޯޑަރ، ކްރޭން، ފޯކްލިފްޓް |
3 |
ބޯޓު އޮޕަރޭޝަންސް |
CDC |
ކޮންޓިނުއަސް ޑިސްޗާޖް ސެޓްފިކެޓް |
މީގެ އިތުރުން ޕްރެކްޓިކަލް އަށް ދުއްވުމަށް ބޭނުންކުރާ އުޅަނދެއް ދުއްވާ ފާސްވުމުން އެ އުޅަނދެއް ހިމެނޭ ކެޓަގަރީ އެއްގެ ލައިސަންސް އަދި ކަނޑު އުޅަނދުގެ ލައިސަންސް ' ސީ ' ނުވަތަ 'ޑީ' ކެޓަގަރީ އޮވެގެން ނެވި މީހާގެ ބެލުމުގެ ދަށުން އެ އުޅަނދެއްގައި އެއްއަހަރު ދުވަހު މަސައްކަތް ކޮށްފައިވާނަމަ ނިޔަމި ކަމުގެ ސަނަދު ލިބޭނެއެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.
11 ސެޕްޓެންބަރު 2022