ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސިވިލް ސަރވިސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކާމެދު ޚިޔާލު ބަދަލުކުރުމަށާއި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ކޮމިޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޕަރމަނަންޓް ސެކްރެޓަރީންގެ އަހަރީ މަޝްވަރާ ބައްދަލުވުން 15-13 ނޮވެންބަރު 2014 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
(މިއީ މިކޮމިޝަނުގެ ނަންބަރު FM/IUL/2014/73-ފ188 (13 އޮކްޓޫބަރު 2014) ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެ އަންދާސީހިސާބުތައް ބާތިލް ކުރުމަށްފަހު އަލުން އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.)
މަސައްކަތުގެ ތަފުސީލު
ބައްދަލުވުމުގެ 30 ބައިވެރީންގެ އެކޮމޮޑޭޝަން (ޓްވިން ޝެއަރިންގ) އާއި ދަތުރާއި ކެއުން ހަމަޖައްސައިދިނުމާއި ބައްދަލުވުން ބާއްވާ ތަނުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
ރިޓްރީޓް ބާއްވަން ބޭނުންވާ ތަން
ކަނޑުމަގުން 3 ގަޑިއިރަށް ވުރެ ދުރު ނޫން ރާސްތާއެއްގައިވާ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފަދަ ވަސީލަތްތައް (ތަން، އަދި ޖަލްސާ ބޭއްވުމަށް ބޭނުންވާ އެކިއެކި ރިސޯސަސްތައް) ލިބެންހުރި އެކަށީގެންވާ މާޙައުލެއް އޮތް ތަނެއް ނުވަތަ ރަށެއް.
އަންދާސީހިސާބުގައި ހިމަނަންޖެހޭ ބައިތައް
- އަގު:
- ފައިސާގެ ބާވަތް: (ދިވެހި ރުފިޔާއިން)
- ބިޑް ވެލިޑިޓީ: އަންދާސީހިސާބު ހުށަހަޅާ ދުވަހުން ފެށިގެން މަދުވެގެން 30 ދުވަސް
- ކުންފުނީގެ މަޢުލޫމާތު: ކޮމްޕެނީ ޕްރޮފައިލް، ކޮމްޕެނީ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީ އަދި ގުޅޭނެ މަޢުލޫމާތުތައް.
މުހިންމު ނޯޓް: މަތީގައި ބަޔާން ކުރެވިފައިވާ ސްޕެސިފިކޭޝަން އަދި މަޢުލޫމާތުތައް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބިޑް އިވެލުއޭޓްކުރުމުގެ ޕްރޮސެސްގައި އަދި މިނޫން ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ.
އަންދާސީހިސާބުތައް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ
o އަގު= 50 ޕޮއިންޓް {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 50x}
o ވަސީލަތްތައް = 50 ޕޮއިންޓް
އަންދާސީހިސާބު ހުށަހެޅުން
މަތީގައިވާ ގޮތުގެ މަތީން މި ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ފަރާތްތަކުން 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރީން ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv