މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް

އިޢުލާނު

 

މަޤާމު:

ސީނިއަރ އެންވަޔަރަންމަންޓް އެނަލިސްޓް    

މަޤާމުގެ ނަންބަރު:

J-332198

ބޭނުންވާ އަދަދު:

1    

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/7035

ސަރވިސް އެލަވަންސް:

-/2000

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެއްކުރުމާއި، ދިރާސާކުރުމާއި އަދި ހިއްސާކުރަންޖެހޭ ފަރާއްތަކާއި ހިއްސާކޮށް ޢާންމުކުރުމަށް ކުރަންކުރަންޖެހޭ މަސައްކަތްތައް ކުރުން
  2. ރާއްޖޭގެ ގްރީންހައުސް ގޭހުގެ ރިޕޯޓް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ތައްޔާރުކުރުމާއި އަދި އަރުޝީފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ރާއްޖޭގެ ގްރީންހައުސް ގޭސް އިންވެންޓްރީ ދާއިމީގޮތެއްގައި ތައްޔާރުކުރުމަށް ޤާއިމް ކުރެވިފައިވާ ނިޒާމްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރުމަށް ކުރެވޭ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުމާއި މިނިޒާމްތަކަކީ ބައިނަލްއަޤްވާމީ މިފަދަ ނިޒާމްތަކާއި އެއްފެންވަރުގެ ނިޒާމުތަކެއްކަން ކަށަވަރުކުރުން.
  4. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މުއާހަދާތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ މިޓިގޭޝަނާއި ގުޅޭ ރިޕޯޓްތަކަށް ބޭނުނުވާ ޑޭޓާ އެއްކޮށް، އެނަލައިޒްކޮށް ޑޭޓާގެ ސައްހަކަން ދެނެގަތުމަށް ކުރަންޖެހޭ ކޮލިޓީކޮންޓްރޯލް މަސައްކަތްތައް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުމާއި، މިފަދަ ރިޕޯޓްތައް ހުށަހެޅުމަށް ބޭނުންވާ އެއްބާރުލުން ދިނުން.   
  5. ރާއްޖޭގައި ހިންގޭ ގްރީންހައުސް ގޭސް މަދުކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ މިޓިގޭޝަން ސިނާރިއޯތައް ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކޮށް އެނަލައިޒްކޮށް ރިޕޯރޓްތައް ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން އެކުލަވާލުން
  6. ކުލައިމެޓްޗޭންޖް މިޓިގޭޝަން އާއި ގުޅޭގޮތުން ހަދަންޖެހޭ ސިޔާސަތުތަކާއި ގަވާއިދުތަކާއި މިންގަޑުތައް ބައިނަލްއަޤްވާމީ ހަމަތަކާއި އެއްގޮތަށް ތައްޔާރުކޮށް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި އަދި މިފަދަ މަޢުލޫމާތު ޙިއްސާކުރުން
  7. ރާއްޖޭގެ ކާބަން ބަޖެޓުތައްޔާރުކޮށް ހިންގުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި މިކަމަށް ބޭނުންވާ ނިޒާމްތައް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  8. ކުލައިމެޓްޗޭންޖް މިޓިގޭޝަންގެ ދާއިރާއިން ބޭނުންވާ އެކިއެކި މަޝްރޫއުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޑޭޓާ އަދި މަޢުލޫމާތު ފޯރުކޮށްދިނުން
  9. ޔުނިޓުގެ އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފާދީ އެހީތެރިވުމާއި އަދި އެކުގައި މަސައްކަތްކުރާ މުވައްޒަފަށް އެހީތެރިވުން
  10. މަސައްކަތާއި ގުޅޭގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި އަދި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އަދި ހުށަހަޅަންޖެހޭ ކަރުދާސްތަކާއި ޕްރެޒެންޓޭޝަންތައް ހުށަހެޅުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެންމަތީގެ ސަނަދެއް ހާސިލްކޮށްފައިވުން،

ތަޢުލީމީ ރޮނގު(ތައް):

  • ވޯޓަރ ޓެކްނޮލޮޖީ
  • އެޓްމޮސްފިއަރިކް ކެމިސްޓްރީ
  • އެޓްމޮސްފެރިކް ސައިންސް
  • ބަޔޯ ޑައިވާސިޓީ
  • ކެމިކަލް އިންޖިނިއަރިންގ
  • ސިވިލް އިންޖިނިއަރިންގ
  • ކްލައިމެޓޮލޮޖީ
  • ކޯސްޓަލް އިންޖީނިއަރިންގ
  • ކޯސްޓަލް ޒޯން މެނޭޖްމަންޓް
  • ކޮމްޕިއުޓަރ ސައިންސް
  • އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • އެނަރޖީ
  • އެނާޖީ އިންޖިނިއަރިންގ
  • އެނާރޖީ މެނޭޖްމަންޓް
  • އެނާރޖީ ޕޮލިސީ
  • އެންވަޔަރަންމެންޓަލް އިކޮނޮމިކްސް
  • އެންވަޔަރަންމެންޓަލް އިންޖިނިއަރިންގ
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • އެންވަޔަރަންމަންޓަލް ޕޮލިސީ
  • އެންވަޔަރަންމެންޓަލް ސައިންސް
  • އެންވަޔަރަމެންޓަލް ސްޓަޑީޒް
  • ޖިއޯމެޓިކްސް
  • ޖިއޮމެޓިކް އިންޖީނިއަރިންގ
  • ޖިއޯސްޕާޝިއަލް ސައިންސް
  • ޖިއޯޓެކްނިކަލް އިންޖިނިއަރިންގ
  • އިންފޮމޭޝަން ރިސޯސަސް މެނޭޖްމަންޓް
  • އިންޓަނޭޝަނަލް ރިލޭޝަންސް
  • މެރިން ބަޔޮލޮޖީ
  • މެރިން ކެމިސްޓްރީ
  • މެރިން އިކޮނޮމިކްސް
  • މެރިން އިންޖީނިއަރިންގ
  • މެރިން ސައިންސް
  • މެރިން ސަރވޭ
  • މެރިން ޓެކްނޮލޮޖީ
  • މެކޭނިކަލް އިންޖިނިއަރިންގ
  • މައިކްރޯބަޔޮލޮޖީ
  • ނެޗުރަލް ރިސޯސް މެނޭޖްމަންޓް
  • ޕްރޮޖެކްޓު މެނޭޖުމަންޓު
  • ކޮންޓިޓީ ސާވޭއިންގް
  • ސްޕާޝިއަލް ސައިންސް
  • ސްޓެޓިސްޓިކްސް
  • ސާވޭއިންގް އިންޖިނިއަރިންގް
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް
  • އަރބަން ޕްލޭނިންގ
  • ވޭސްޓް މެނޭޖްމަންޓް
  • ވޯޓަރ އެންޑް ސެނިޓޭޝަން
  • ވޯޓަރ ކެމިސްޓްރީ
  • ވޯޓަރ އިންޖީނިއަރިންގ
  • ވޯޓަރ މައިކްރޯބައޮލޮޖީ
  • ވޯޓަރ ރިސޯސް މެނޭޖްމަންޓް
  • ވޯޓަރ ސައިންސް
  • ވޯޓަރ ޓެކްނޮލޮޖީ

 

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

ކޯ ޑިސިޕްލިން(ތައް):

  • ކްލައިމެޓޮލޮޖީ
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު
  • އެންވަޔަރަމަންޓަލް ޕޮލިސީ
  • އެންވަޔަރަންމެންޓަލް ސައިންސް

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެންވަޔަރަންމަންޓް

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • އެންވަޔަރަންމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2022 ގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 25 ސެޕްޓެމްބަރ 2022 އާއި 10 އޮކްޓޯބަރ 2022 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018326،3018329 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

12 ސެޕްޓެންބަރު 2022
ހޯދާ